Roadha Mihaaru
ޓިކްޓޮކުން ސްޓްރީމިން ސޮފްޓްވެއާއެއް ޓެސްޓް ކުރަނީ

ޓިކްޓޮކުން ސްޓްރީމިން ސޮފްޓްވެއާއެއް ޓެސްޓް ކުރަނީ

18 ޑިސެމްބަރ 2021

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓިކްޓޮކުން ސްޓްރީމިން ސޮފްޓްވެއާ ލޯންޗްކޮށް، އެ ޓެސްޓް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓިކްޓޮކުން ސްޓްރީމިން ސޮފްޓްވެއާ ލޯންޗްކޮށް، އެ ޓެސްޓް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިކަން ރަސްމީކޮށް ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން އަދި ކަށަވަރުކޮށް ނުދިނަސް، ޓެކް ކުންފުނިތަކުގެ ޚަބަރުތައް ކޮންނަ ރިސާޗަރެއް ކަމަށްވާ ޒެކް ބަޒީ ވަނީ މި ވާހަކަ އާންމުންނާ ހަމައަށް ތިލަކޮށް ދީފަ އެވެ. ސްކްރީންޝޮޓްތަކާ ވެސް އެކު އޭނާ އާންމުކުރި މައުލޫމާތުތަކުގައި ބުނެފައި ވަނީ މިހާރު މަދު ޔޫޒަރުންތަކެއްގެ މެދުގައި ޓެސްޓް ކުރަމުން އަންނަ ސްޓްރީމިން ސޮފްޓްވެއާގެ ނަަމަކީ "ޓިކްޓޮކް ލައިވް ސްޓޫޑިއޯ" ކަމަށެވެ.

މީގެ އެންމެ ހާއްސަ ކަމަކީ ވީޑިއޯ ލައިވް ބްރޯޑްކާސްޓިން ފުޓޭޖްތަކާއި ގޭމާއި ޑެސްކްޓޮޕް އެހެން އެޕްލިކޭޝަންތަކުގެ ކޮންޓެންޓް ވެސް ސްޓްރީމް ކުރެވުމެވެ. އަދި އެކަން ޕޯޓްރެއިޓާއި ލޭންޑްސްޕީން މޯޑްގައި ވެސް ކުރެވޭނެ އެވެ.

ޒެކް ބުނި ގޮތުގައި ޓިކްޓޮކްގެ ފޯކަސް ހުރީ ސީދާ މޮބައިލް ޑިވައިސްތަކުން ލައިވް ސްޓްރީމް ކުރެވޭ ގޮތަށް ވުރެ ބޮޑަށް ޑެސްކްޓޮޕް ޑިވައިސްތަކުން ގޭމް ސްޓްރީމްކުރެވޭ ގޮތަށް ހަދައި ދިނުމަށެވެ. އެއާ އެކު ޓިކްޓޮކުން މި ގެނެސްދޭން މަސައްކަތްކުރާ ސޮފްޓްވެއާ އަކީ ޓްވިޗާއި ޔޫޓިއުބް ގޭމިން އާއި ފޭސްބުކް ގޭމިން ފަދަ ވަސީލަތްތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ވާދަވެރިކަމަށެވެ.

"ޓިކްޓޮކް ލައިވް ސްޓޫޑިއޯ" މިހާރު ޓެސްޓްކުރަމުން ދިޔަޔަސް، އާންމުންނަށް ދޫކޮށްލާނެ އިރެއް ނޭނގެ އެވެ.