12 ޑިސެމްބަރ 2016
ބަންޖުލް (ޑިސެމްބަރު 12) - ގެމްބިއާގައި މި މަހު 1 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނާކާމިޔާބުވުމުން ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިނުގެން ރައީސް ޔަހުޔާ ޖައްމާހު ކޯޓަށް ވަޑައިގެންފި އެވެ.
ބަންޖުލް (ޑިސެމްބަރު 12) - ގެމްބިއާގައި މި މަހު 1 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނާކާމިޔާބުވުމުން ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިނުގެން ރައީސް ޔަހުޔާ ޖައްމާހު ކޯޓަށް ވަޑައިގެންފި އެވެ.
ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ޔަހުޔާ އެންމެ ފުރަތަމަ ވަނީ އިންތިޚާބުގެ ބަލި ގަބޫލް ކުރައްވާ އިދިކޮޅު ކެންޑިޑޭޓް އަދަމާ ބަރޯ އަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ވަނީ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.
ރައީސް ޔަހުޔާގެ އެލަޔަންސް ފޯ ޕެޓްރިއޮޓިކް ރިއޮރިއެންޓޭޝަން އެންޑް ކޮންސްޓްރަކްޝަން ޕާޓީން ބުނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހެދުމުގެ ގޮތުން ތައްޔާރު ކުރި ޕެޓިޝަން ހޮނިހިރު ދުވަހު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ގެމްބިއާގެ ގާނޫނު ބުނާ ގޮތުން އިންތިޚާބުގެ ނަތީޖާއާ މެދު މައްސަލައެއް އުޅޭ ނަމަ 10 ދުވަސްތެރޭ ކޯޓަށް ހުށަހަޅަން ޖެހެ އެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ބަރޯ ވަނީ އޭނާގެ ސަލާމަތާ މެދު ބިރުހީވާ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކޮށް ވެރިކަން ދޫކުރުމަށް ދެކޮޅު ހެދުމަކީ ޑިމޮކްރެސީ ހަލާކުކޮށްލުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ގެމްބިއާގެ އިދިކޮޅު ކެންޑިޑޭޓް ބަރޯ އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އަސްކަރީ އިންގިލާބެއްގައި 1994 ވަނަ އަހަރު ވެރިކަން ހޯއްދެވި ޔަހުޔާ ވިދާޅުވީ އިންތިޚާބުގައި އޮޅުން އަރާ ކަންކަން ހުރި ކަމަށާއި އެހެންވެ ބޭނުން ވަނީ އަލުން އިންތިޚާބު ބާއްވަން ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން އިލެކްޝަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން ބޭރުގެ ނުފޫޒެއް ނެތި ގެމްބިއާގެ ކޮންމެ ރައްޔިތަކަށް ވޯޓުލުމުގެ ފުރުސަތު ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
ޑިސެމްބަރު 1 ވަނަ ދުވަހުގެ އިންތިޚާބުގައި އިދިކޮޅު ލީޑަރު އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ.
އިންތިޚާބުން ބަލިވުމާ އެކު އެއްވެސް ޝަރުތެއް ނެތި ވެރިކަން ހަވާލު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ޔަހުޔާ އަށް ގޮވާލައިފަ އެވެ. އެފްރިކަން ޔޫނިއަން އިން ވެސް ވަނީ ވެރިކަން ހަވާލު ކުރުމަށް ޔަހުޔާ އަށް ގޮވާލައިފަ އެވެ.
އާ އިންތިޚާބެއް ބާއްވަން ގޮވާލުމުން އެމެރިކާ އިން ވަނީ ޔަހުޔާ އަށް ފާޑު ކިޔައިފަ އެވެ. އަދި އިންތިޚާބުގެ ސައްހަކަމާ މެދު ޝައްކު އުފައްދާ ގާނޫނާ ޚިލާފަށް ވެރިކަމުގައި އިތުރަށް ދެމިހުރުން ބަލައި ނުގަނެވޭނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އިންތިޚާބުގެ ނަތީޖާ ޔަހުޔާ ގަބޫލް ނުކުރުމުން ކަންބޮޑުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ބުނެފަ އެވެ.
ގެމްބިއާގެ ރައީސް ވިދާޅުވަނީ އޭނާ އަށް ބިރު ނުދެއްކޭނެ
ގެމްބިއާ ސިފައިން އިލެކްޝަން ކޮމިޝަން ހިސާރުކޮށްފި
އިންތިޚާބުން ބަލިވިޔަސް ގެމްބިއާގެ ރައީސް ނަތީޖާ ގަބޫލެއް ނުކުރި
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
ރައީސްގެ މަންދޫބެއްގެ ގޮތުން ޝަހީމް އޯއައިސީގެ ސަމިޓަށް
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 46 މިލިއަން ރުފިޔާ
މަންމަގެ ޔަގީންކަން: މުއިއްޒަށް ވާނެ، ކޮށްދޭނެ!
ސަރުކާރު ބަދަލުވާތީ ބައެއް ކަންކަން ނުކުރަން އަންގައިފި
މުއިއްޒަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ މަންމަ