"ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް"ގައި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) އަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.
12 ޑިސެމްބަރ 2021
"ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް"ގައި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) އަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.
ރޭ ކޮލަމްބޯގައި ބޭއްވި މި އެވޯޑު ހަފްލާގައި އެމްއައި ކޮލެޖަށް ލިބުނީ "ބެސްޓް އިމާޖިން އެޑިއުކޭޝަނަލް އިންސްޓިޓިއުޓް"ގެ އެވޯޑާއި "އެކްސެލެންސް އިން އީ- ލާނިން" އެވޯޑެވެ. މި އެވޯޑާ ހަވާލުވެވަޑައިގަތީ އެމްއައި ކޮލެޖުގެ ޗެއާމަން އަދި ކޯ ފައުންޑާ އަހުމަދު މޮއްތަކީ އެވެ. މި އެވޯޑު ހަވާލު ކުރެއްވީ ލަންކާގެ ކުރީގެ ރައީސް މައިތިޕާލާ ސިރިސޭނާ އެވެ.
ލަންކާގެ ކުރީގެ ރައީސް ސިރިސޭނާ އެމްއައި ކޮލެޖުގެ ޗެއާމަން އަހުމަދުއާ އެވޯޑު ހަވާލުކުރައްވަނީ-- ފޮޓޯ: އެމްައި ކޮލެޖް
އެމްއައި ކޮލެޖުގެ ޗެއާމަން އަހުމަދު ވަނީ މި އެވޯޑު ހާސިލް ކުރުމަށް އެ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މި އެވޯޑުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެ ކޮލެޖު ފާހަގަ ކުރެވިގެންދާނެ ކަމަށާއި މިއީ ކޮލެޖަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑަކީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ފާހަގަ ކޮށްލެވޭ ވިޔަފާރިތަކާއި އިންސްޓިޓިއުޝަންތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑުގައި ވާދަ ކުރާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނާއި ބަންގްލަދޭޝާއި ބޫޓާނާއި އިންޑިއާ އާއި ރާއްޖެ އާއި ނޭޕާލާއި ޕާކިސްތާނާއި ސްރީ ލަންކާ ހިމެނެ އެވެ.
އުރީދޫއަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް
ޝާހިނާއަށް އޭޝިއާގެ "ނޮބެލް ޕްރައިޒް"
ރާއްޖެއަށް އޭއައި ޑިގްރީއެއް!
މިއާންޒް ކޮލެޖުން އާ ޕްރޮގްރާމްތަކެއް އިއުލާނުކޮށްފި
އެންމެ ރަނގަޅު އެމްޕްލޯޔާގެ އެވޯޑެއް އުރީދޫއަށް
މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
ޝާހުއަށް ފުރަތަމަ ފަހަރަށް ގައުމީ ފިލްމުއެވޯޑް ލިބިއްޖެ
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސިވިއަރެންސް"
އެމްއައި ކޮލެޖުން އާ 15 ޑިގްރީ ޕްރޮގްރާމެއް
ޕީއެސްއެމް މުވައްޒަފުންނަށް އެމްއައިކޮލެޖުން ތަމްރީނުދެނީ