11 ޑިސެމްބަރ 2016
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކަށް ނަގާ މިންވަރު އަށް ލާރި ބޮޑުކޮށްފި އެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައި ފަހުން ފިއުލް ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ދެވަނަ ފަހަރެވެ. އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން ޔުނިޓަކަށް ނަގަމުން އައީ ހަތަރު ލާރި އެވެ. ނަމަވެސް މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަނީ ޔުނިޓަކަށް 12 ލާރި ނަގަން ނިންމައިފަ އެވެ.

ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުންގެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު ވަނީ 8.40ރ. އަށް ބޮޑުވެފަ އެވެ. ސްޓެލްކޯ އަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ.
އެ ކުންފުންޏަށް މި އަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.05ރ. އަށެވެ. އެކަމަކު އެޕްރީލް މަހު މި އަގު ވަނީ 7.50ރ. އަށް ބޮޑުވެފަ އެވެ. އަދި އޭގެ ފަހުން ޖޫން މަހު ތެޔޮ ލީޓަރެއްގެ އަގު 7.97ރ. އަށް ބޮޑުވެފައިވެ އެވެ.
މި އުސޫލުން ފިއުލް ސާޗާޖް ނަގާ ނަމަ، މިހާރު 1،000ރ. އަރާ ބިލަކަށް ގާތްގަނޑަކަށް 100ރ. އިތުރުވާނެ އެވެ.
މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ. އަދި އެއާއެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިއަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ހެޔޮ ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު ހެޔޮވަނީ
ކަރަންޓުގެ ފިއުލް ސާޗާޖް ހެޔޮކޮށްފި
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ
ފެނަކަ އިން ވެސް ތެލުގެ ސާޗާޖަށް 27ލ. ނަގަނީ
ތެލުގެ ސާޗާޖު ދެ ގުނައަށް ވުރެ ބޮޑުކޮށްފި
ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަނީ
މާލެ އާއި ގުޅިފަޅު އެއް ކަރަންޓު ވިއުގައަކުން ގުޅާލަނީ
އީވީ ސްޓޭޝަނުން އެއްފަހަރާ 8 އުޅަނދު ޗާޖު ކުރެވޭނެ
ސްޓެލްކޯގެ "ސްކާޑާ" އިން އަވަސް ހައްލާއި ފަސޭހަކަން