Roadha Mihaaru
ބޫސްޓާ ޑޯޒު ޖަހަން އޮންލައިންކޮށް ނަމްބަރު ދޫކުރަނީ

ބޫސްޓާ ޑޯޒު ޖަހަން އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށައިފި

29 ނޮވެމްބަރ 2021

ކޮވިޑު-19 ބޫސްޓާ ޑޯޒު ޖެހުމަށް އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ބޫސްޓާ ޑޯޒު ޖެހުމަށް އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓުގައި ބުނީ އޭޑީކޭ ހޮސްޕިޓަލުން ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމަށް ކިއުބީ އިން ވަކި ވަރަކަށް ނަމްބަރު ކަނޑައަޅާފައިވާ ކަމަށެވެ.

އެޕޮއިންޓްމަންޓު ދޫކޮށްގެން ނޫނީ ވެކްސިން ޖަހައިނުދޭނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެ ބަލީގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން މިހާރު އަންނަނީ ބޫސްޓާ ޑޯޒް ދެމުންނެވެ. މިހާތަނަށް 11،710 އަށްވުރެ ގިނަ މީހުން ބޫސްޓަ ޑޯޒު ޖަހާފައިވެ އެވެ.

މި ހަފްތާ ތެރޭގައި ސިއްހީ އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އަދި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ދޭން ފަށާނެ އެވެ. އެ ކެޓަގަރީގައި ހިމެނޭ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިތުރު ކެޓަގަރީތަކަށް ބޫސްޓާ ޑޯޒު ޖަހަން އަންނަ މަހުގެ މެދު ތެރޭގައި ހުޅުވާލާނެ އެވެ. އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން އިތުރު ވެކްސިންގެ 100،000 ޑޯޒު ލިބުމުންނެވެ.

ރާއްޖޭގައި މިހާތަނަށް 395،622 މީހުން ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެ އެވެ. ދެ ޑޯޒު ފުރިހަމަކުރީ 363،150 މީހުންނެވެ.