Roadha Mihaaru
އެސްޓީއޯ އިން "ކޯނޭ" ލިފްޓުގެ ޕްރޮމޯޝަނެއް

"ކޯނޭ" ލިފްޓް ހިލޭ އިންސްޓޯލްކޮށްދޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން

18 ނޮވެމްބަރ 2021

އެސްޓީއޯއިން ވިއްކާ "ކޯނޭ" ބްރޭންޑުގެ ލިފްޓަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯއިން ވިއްކާ "ކޯނޭ" ބްރޭންޑުގެ ލިފްޓަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޯނޭ ބްރޭންޑުގެ ލިފްޓު ގަންނަ ކަސްޓަމަރުންނަށް ހިލޭ އިންސްޓޯލްކޮށްދޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ލިވިން އެކްސްޕޯގައި ބަހައްޓާފައިވާ އެސްޓީއޯގެ ސްޓޯލްގަ އެވެ.

އެސްޓީއޯއިން ބުނީ ކަސްޓަމަރުންނަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދިނުމުގެ އިތުރުން، ބޭނުންވާ ގޮތަކަށް ލިފްޓް ޑިޒައިން ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އަދި ޑިޒައިންކުރާ ލިފްޓުގެ މޮޑެލް އެއް ވަގުތުން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޯނޭ ލިފްޓުތަކުގެ ޑިޒައިންތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދޭ "ރެޑް ޑޮޓް ޑިޒައިން" އެވޯޑު އެކި ފަހަރުމަތިން ހާސިލް ކޮށްފައިވާ ޑިޒައިންތަކެކެވެ.

އެސްޓީއޯއިން ވަނީ ކޯނޭ ލިފްޓުތަކުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ، ޓަޗްލެސް ސިގްނަލައިޒޭޝަން ވެސް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.