14 ނޮވެމްބަރ 2021
ދެ ޖިންސްގެ މެދުގައި ހުރިހާ ކަމެއްގައި ވެސް ބޮޑު ތަފާތެއް އޮންނަ އިންޑިއާ އަކީ އަންހެނުންނަށް ކުރިއަށް ދާން ފަސޭހަ ގައުމެއް ނޫނެވެ. އެކަމަކު ފަހަކަށް އައިސް ދެ ޖިންސްގެ ހަމަހަމަ ކަމަށް ގޮވާލާ އަޑު އިންޑިއާގައި އަންނަނީ ގަދަ ވަމުންނެވެ. މި ރޭހުގެ ތެރެއިން މިހާރު ކުރި ހޯދަމުން އަންނަ އަންހެނުން އަންނަނީ އިތުރު ވެސް ވަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އަދި އެ މީހެއްގެ ވާހަކަ މި ދުވަސްކޮޅު އެންމެ ބޮޑަށް ދެކެވޭ އެކަކީ މަޝްހޫރު އަންހެން ވިޔަފާރިވެރިޔާ ފަލްގުނީ ނަޔަރް، 58، އެވެ.
ދެ ޖިންސްގެ މެދުގައި ހުރިހާ ކަމެއްގައި ވެސް ބޮޑު ތަފާތެއް އޮންނަ އިންޑިއާ އަކީ އަންހެނުންނަށް ކުރިއަށް ދާން ފަސޭހަ ގައުމެއް ނޫނެވެ. އެކަމަކު ފަހަކަށް އައިސް ދެ ޖިންސްގެ ހަމަހަމަ ކަމަށް ގޮވާލާ އަޑު އިންޑިއާގައި އަންނަނީ ގަދަ ވަމުންނެވެ. މި ރޭހުގެ ތެރެއިން މިހާރު ކުރި ހޯދަމުން އަންނަ އަންހެނުން އަންނަނީ އިތުރު ވެސް ވަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އަދި އެ މީހެއްގެ ވާހަކަ މި ދުވަސްކޮޅު އެންމެ ބޮޑަށް ދެކެވޭ އެކަކީ މަޝްހޫރު އަންހެން ވިޔަފާރިވެރިޔާ ފަލްގުނީ ނަޔަރް، 58، އެވެ.
އޭނާ އަކީ ބިއުޓީ އާއި ލައިފްސްޓައިލް ކުންފުން ނައިކާގެ ބާނީ އަދި ސީއީއޯ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުން ހިމަނައިގެން ގެނެސްދޭ ބްލޫމްބާގް ބިލިއަނާޒް އިންޑެކްއިން ދައްކާ ގޮތުގައި ފަލްގުނީގެ އަމިއްލަ މިލްކިއްޔާތު މިހާރު 7 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ އިންޑިއާގެ އެންމެ މުއްސަނދި އެއް އަންހެން ވިޔަފާވެރިވެރިޔާއަށެވެ. ފަލްގުނީ އަކީ މިހާރު އިންޑިއާގެ ހަތް ވަނަ އަންހެން ބިލިއަނަރެވެ. އަދި އެއީ ސީދާ އަމިއްލަ މަސައްކަތުންނެވެ.
ދެ މިލިއަން ޑޮލަރުގެ ރައުސުލްމާލަކުން އޭނާގެ ފެށި ނައިކާ އަކީ މިހާރު ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެވެ. އަންހެނުންނާ ގުޅުން ހުރި އުފެއްދުންތަކުގެ ވިޔަފާރި އަށް ހާއްސަ ނައިކާ ވުޖޫދަށް އައީ 2012 ގަ އެވެ. އެ ކުންފުނީގެ ބެލެނިވެރި ކުންފުންޏަކީ އެފްއެސްއެން އީ-ކޮމާސް ވެންޗާޒް ލިމިޓެޑެވެ.
ފަލްގުނީ ނަޔަރް.
އިންޑިއާގެ އެންމެ މުއްސަނދި އަންހެނާ އަށް ދެ ކުދިންގެ މަންމަ ފަލްގުނީވެގެން ދިޔަ އިރު، މި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށްޓަކައި ފާއިތުވި ތަނުގައި އޭނާ ވަނީ އެތައް މަސައްކަތްތަކެއްކޮށް، ނަމޫނާ ވެސް ދައްކައިފަ އެވެ. މާލީ ދާއިރާ އިން އެމްބީއޭ ހާސިލު ކޮށްފައިވާ ފަލްގުނީގެ ވިޔަފާރި ނައިކާ ހިއްސާގެ ބާޒާޒުގައި ލިސްޓް ކުރުމާ އެކު، ކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އުފުލެން ފަށައިފަ އެވެ.
އެހެންވެ ފަސް ބެލުމެއް ނެތެވެ. ފަލްގުނީގެ މިސްރާބު ވެސް ވަރަށް ސާދާ ވެފައި ސީދަލެވެ. އޭނާ ބުނި ގޮތުގައި ވިޔަފާރީގައި މި ހޯދުނު ކުރިއެރުމަކީ ހުވަފެންތަކެއް ދެކޭ ކޮންމެ އަންހެނަކަށް ވެސް އުންމީދު އާލާކޮށްދޭނެ ކަމެކެވެ.
"އަންހެނުން އެބަޖެހޭ ސްޕޮޓްލައިޓަށް އަންނަން. ކުރަން ނުކުމެއްޖެ ނަމަ އަންހެނުންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ." ފަލްގުނީ ބުންޏެވެ. "ބޭނުން ވަނީ ކެރުމާއި ހިތްވަރު. އަހަރެން ބޭނުން އަހަރެން ކަހަލަ އަންހެނުން ގިނަ ވާން."
އޭނާ ދެކޭ ގޮތަކީ މިއެވެ. އަންހެނުން ކުރިއެރި ވަރަކަށް މުޖުތަމައުގެ ހާލަތު ހުރިހާ ގޮތަކުން ވެސް ރަނގަޅު ވާނެ އެވެ. އެހެންވެ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ޝައުގުވެރިކަން އޮތް އަންހެނުންނަށް ފަލްގުނީ ދޭނެ މެސެޖަކީ މިއެވެ: ފަހަށް މަޑުކުރާނެ ކަމެއް ނެތެވެ. ހުރި އެއްޗަކުން، ހުރި މިންވަރަކުން ފަށައި ގަންނަންވި އެވެ. ކާމިޔާބީ އަކީ މަސައްކަތްކުރާ މިހުންގެ ހައްގެކެވެ.
"އަހަރެންގެ މި ރިޓައިލް ވިޔަފާރި ހިއްސާގެ ބާޒާރުގައި ބޮޑު ހިޓަކަށް ވުމަކީ މިފަދަ ވިޔަފާރިތަކަށް ކުރިމަގު އޮތް މިންވަރު ހާމަކޮށްދޭ ކަމެއް." ފަލްގުނީ ބުންޏެވެ. "އެހެންވެ ވީހާ ވެސް ގިނަ އަންހެނުން ވިޔަފާރީގެ ތެރެއަށް ނުކުންނަންވީ."
އިންޑިއާގެ އެންމެ މުއްސަނދި އަންހެނަކީ 18 ބިލިއަން ޑޮލަރުގެ އަގުހުުރި ކުންފުނި، އޯޕީ ޖިންދާލް ގްރޫޕްގެ ޗެއާވުމަން ސާވިތުރީ ޖިންދާލް، 71، އެވެ. އޭނާގެ އަމިއްލަ މިލްކިއްޔާތު 13 ބިލިއަން ޑޮލަރަށް އަރަ އެވެ.
ބިލިއަނަރު އަދާނީއަށް އެމެރިކާއިން ދައުވާކޮށްފި
އިންޑިއާގެ "ވޮރެން ބަފެޓް" މަރުވެއްޖެ
އިންތިޚާބުވީ އަންހެނުން، މަގާމުގެ ހުވާކުރީ ފިރިހެނުން
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
އިންޑިއާގެ ޓެނިސް ތަރި ސާނިއާ ރިޓަޔާކުރަނީ
އަންހެނުންތަކެއް ވިއްކަން ޖެހި އިންޑިއާ މީހަކު ހައްޔަރު
އަންހެން ދަރިވަރުންނަށް ވެސް ފަޓްލޫނާއި ގަމީސް
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް
ލިޔަންކިޔަން ދަސްކުރެވުނީ 104 އަހަރުގައި
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ