Roadha Mihaaru
އާލިއާ އާއި ރަންބީރްގެ މި ފޮޓޯ އިން ހާއްސަ މެސެޖެއް

އާލިއާ އާއި ރަންބީރްގެ މި ފޮޓޯ އިން ހާއްސަ މެސެޖެއް

08 ނޮވެމްބަރ 2021

އަންނަ މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް އަޑުއަރާފައިވާ ބޮލީވުށްގެ ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރް ކަޕޫރް ލޯބީގެ ގޮތުން ގުޅުނު ފަހުން، ރަސްމީކޮށް ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި އެ ގުޅުން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް އަޑުއަރާފައިވާ ބޮލީވުށްގެ ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރް ކަޕޫރް ލޯބީގެ ގޮތުން ގުޅުނު ފަހުން، ރަސްމީކޮށް ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި އެ ގުޅުން ކަށަވަރުކޮށް ދީފި އެވެ.

ދިވާލީއާ ދިމާކޮށް ހޮނިހިރު ދުވަހުގެ ކަރަން ޖޯހަރްގެ އާއިލާ އިން ބޭއްވި ދިވާލީ ޕާޓީއެއްގެ ތެރެއިން ދެ ތަރިން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯއަކާ އެކު އާލިއާ އިންސްޓަގްރާމްގައި ކެޕްޝަނަކަށް ޖަހާފައި އިނީ "އެންޑް ސަމް ލަވް..." އެވެ. އަދި އޭގައި ހިތް އިމޯޖީ ވެސް ހިމަނާފައިވެ އެވެ. ދެ ތަރިން 2018 ގައި ގުޅުނު ފަހުން މިހާތަނަށް މިހާ ފާޅުކަން ބޮޑުކޮށް، ގުޅުން ހާމަކޮށްފައެއް ނުވެ އެވެ. ރަންބީރާ އެކު ނަގާފައިވާ މިހާ ގައިގޯޅި ފޮޓޯއެއް އާލިއާ މިހާތަނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޕޯސްޓެއް ވެސް ނުކުރެ އެވެ.

އެކަމަކު ރަންބީރްގެ އުފަންް ދުވަސް ކަހަލަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ރަންބީރްގެ ފޮޓޯތައް އާލިއާގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވެ އެވެ. އާލިއާ ސޯޝަލް މީޑިއާގައި ވަަރަށް އެކްޓިވްކޮށް އުޅުނަސް، ރަންބީރަކީ ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބޭނުންކުރާ ތަރިއެއް ނޫނެވެ.

މީޑިއާތަކުން ބުނީ މި ދަނޑިވަޅުގައި އާލިއާ އެހާ ފާޅުކަން ބޮޑުކޮށް ރަންބީރާ އޮތް ގުޅުން އޮތް ހާމަކޮށް ދިނީ ދެ ތަރިން މިހާރު ކައިވެންޏަށް ވެސް ތައްޔާރުކަން އެންގުމުގެ ގޮތުންނެވެ. އަންނަ މަހުގެ ތެރޭގައި އެ މީހުން ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރިޔަސް، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ރަންބީރަކީ ކުރީގެ އެކްޓަރު ރިޝީގެ ދަރިއެކެވެ. އާލިއާ އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ހަގު ދަރިފުޅެވެ. ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމެއް ރިލީޒް ކުރަން އަންނަނީ ތައްޔާރު ވަމުންނެވެ. އެއީ "ބުރައްމަސްތުރާ" އެވެ.