27 އޮކްޓޯބަރ 2021
ސޫދާންގައި އޮތް އިންތިގާލީ ސަރުކާރު މަގާމުން ދުރުކޮށް، ސިފައިން އެ ގައުމުގެ ވެރިކަން އަތުލުމަކީ، ސިފައިން ކުރި ބަގާވާތެއް ނޫން ކަމަށް، ސިފައިންގެ ވެރިޔާ އަދި މިހާރު އެ ގައުމުގެ ވަގުތީ ވެރިޔާގެ މަގާމުގައި ހުންނެވި ޖެނެރަލް އަބްދުލް ފައްތާހް ބުރުހާން ވިދާޅުވެއްޖެ އެވެ.
ސޫދާންގައި އޮތް އިންތިގާލީ ސަރުކާރު މަގާމުން ދުރުކޮށް، ސިފައިން އެ ގައުމުގެ ވެރިކަން އަތުލުމަކީ، ސިފައިން ކުރި ބަގާވާތެއް ނޫން ކަމަށް، ސިފައިންގެ ވެރިޔާ އަދި މިހާރު އެ ގައުމުގެ ވަގުތީ ވެރިޔާގެ މަގާމުގައި ހުންނެވި ޖެނެރަލް އަބްދުލް ފައްތާހް ބުރުހާން ވިދާޅުވެއްޖެ އެވެ.
ސީދާގެ ގައުމީ ޓީވީ މެދުވެރިކުރައްވައި ގައުމާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ވެރިކަން ސިފައިންގެ ބާރުގެ ދަށަށް ގެންނަން ޖެހުނީ، އެ ގައުމުގައި ވެރިކަން ކުރަމުން އައި، ސޫދާން ސިޔާދަތީ މަޖިލީހުގެ މެންބަރުންނާ އެކު، ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުންނެވެ. އަދި މި ދަނޑިވަޅުގައި ސިފައިން ގައުމުގެ ވެރިކަން ނުހޯދި ނަމަ، މީގެ ކުރިން ކަން ހިނގާފައިވާ ގޮތަށް، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިފައިންގެ ބަޔަކު ލައްވައި ގައުމަށް އިންގިލާބެއް ގެންނާނެ އެވެ.
އޭނާ ވިދާޅުވީ ސިޔާދަތީ މަޖިލީހުގައި ތިއްބެވި ބޭފުޅުންނާ އެކުގައި ކަންކަން ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ގައުމު ދިޔައީ ދާހިލީ ހަނގުރާމައަކާ ދިމާލަށް ކަމަށެވެ.
ސޫދާނުގެ ކުރީގެ ރައީސް އުމަރުލް ބަޝީރު، 2019 ވަނަ އަހަރު މަގާމުން ދުރުކުރުމަށް ފަހު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ އަސްކަރީ ސިފައިންނާއި މަދަނީން ހިމެނޭ ގޮތަށް، ސޫދާން ސިޔާދަތީ މަޖިލީހުގެ ނަމުގައި އެކުލަވާލާފައި އޮތް، މަޖިލީހަކުންނެވެ. ސަރުކާރު ހިންގަނީ އެ މަޖިލީހުން އައްޔަންކޮށްފައި ހުންނަ ބޮޑުވަޒީރެކެވެ.
ސިފައިންގެ އިންގިލާބާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ
މިދިޔަ ހޯމަ ދުވަހާ ހަމައަށް އެ މަގާމުގައި ހުންނެވީ އަބްދުﷲ ހަމްދޫކެވެ. ހޯމަ ދުވަހު ފަތިހު ސޫދާނު ސިފައިން ވަނީ، ބޮޑުވަޒީރު އަބްދުﷲ ހަމްދޫކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްގެން ކޮންމެވެސް ތަނަކަށް ގެންގޮސްފަ އެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ޖެނެރަލް ބުރުހާން ވިދާޅުވި ގޮތުގައި މަގާމުން ދުރުކުރި ބޮޑުވަޒީރު ހަމްދޫކު މިހާރު ހުންނެވީ އޭނާއާ އެކު އެއް ގެއެއްގައި ފުރިހަމަ ސިއްހަތުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމު ހިންގުމުގެ ކަންކަމާ ސިފައިން ހަވާލުވި އިރު ވެސް، އެއީ ބަގާވާތެއް ކަމަށް ދުނިޔޭގެ ގައުމުތަކުން ސިފަކުރާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. ނަމަވެސް އެއީ ބަގާވާތެއް ނޫން ކަމަށާއި، ސިފައިން މިހާރު ކުރަމުން އަންނަ ކަމަކީ، އިންތިގާލީ މަރުހަލާގެ ތެރެއިން، މަދަނީ ސަރުކާރެއް އުފެއްދުމަށް މަގު ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖެނެރަލް ބުރުހާން ވިދާޅުވީ ސޫދާން ބިނާ ކުރުމަކީ އަދި އިންތިގާލީ މަރުހަލާ ފުރިހަމަ ކުރުމަކީ، ގައުމުގެ އަސްކަރިއްޔާ އަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޫދާން ސިފައިންގެ މަގްސަދަކީ ވީ އެންމެ އަވަހަކަށް މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރުން ކަމަށް ޖެނެރަލް ބުރުހާން ވިދާޅުވި އެވެ. ސިފައިން އެޅި ފިޔަވަޅަކީ، މަދަނީންނާއި އަސްކަރިއްޔާ ހިމެނޭ ގޮތަށް ސިޔާދަތީ މަޖިލީހެއް އެކުލަވައިލުމަށް ނެރުނު ދުސްތޫރީ ގަރާރުގެ ވަކި ބައިތަކަކަށް އަމަލުކުރުން ހުއްޓައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަގާމުން ދުރުކުރި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު
ހޯމަ ދުވަހު އުވައިލި ސިޔާދަތީ މަޖިލީހުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ސަބަބުން، ބިނާކުރުން ފަސްވެފައިވާ ދައުލަތުގެ މުއައްސަސާތައް ވަރަށް އަވަހަށް އުފައްދަވާނެ ކަމަށް ޖެނެރަލް ވިދާޅުވި އެވެ. އޭގެ އިތުރުން ވަރަށް އަވަހަށް ބޮޑުވަޒީރަކު އައްޔަން ކުރައްވައި، ސިޔާދަތީ މަޖިލީހަކާއި ކެބިނެޓެއް ވެސް އެކުލަވައިލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖެނެރަލް ވިދާޅުވި ގޮތުގައި އަލަށް އެކުލަވައިލާ ކެބިނެޓްގައި، ސޫދާންގެ ހުރިހާ ސަރަހައްދެއް މިހާރަށް ވުރެ މާ ފުރިހަމައަށް ތަމްސީލުވެގެން ދާނެ އެވެ. އޭގެ އިތުރުން ދުސްތޫރީ ކޯޓެއް ގާއިމުކޮށް، އެންމެ މަތީ ޝަރުއީ މަޖިލީހެއް ވެސް އުފައްދަވައި، އިންތިގާލީ މަރުހަލާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮތުގައި މަސައްކަތް ކުރާނެ، ހާއްސަ މަޖިލީހެއް ވެސް އުފައްދަވާނެ އެވެ.
"އަހަރެމެން މި ނިންމީ 2023 ވަނަ އަހަރުގެ ޖުލައި މަހު އިންތިހާބެއް ބާއްވަން. އެ އިންތިހާބަށް ފަހު އެކުލަވައިލެވޭ ސަރުކާރާ، ވެރިކަމުގެ ހުރިހާ ބާރުތަކެއް އަހަރެމެން ހަވާލުކުރާނަން. އަހަރެމެން މަސައްކަތް ކުރަމުން މިއަންނަނީ، މިހާރު އޮތް އިންތިގާލީ މަރުހަލާގެ ތެރެއިން، މަދަނީ ސަރުކާރެއް ގާއިމުކުރުމަށް."
އޭނާ ވިދާޅުވީ އުވައިލި ސަރުކާރުގެ އެއްވެސް މީހަކު ރަހީނު ނުކުރާ ކަމަށާއި އަދި އެއްވެސް މީހަކަށް އަނިޔާއެއް ވެސް ނުކުރާ ކަމަށެވެ.
ސޫދާންގެ މަދަނީ ބަސްނޭހުން ފުޅާކުރަނީ
ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ
ސޫދާން ސިފައިންގެ ބަގާވާތް ދުނިޔޭން ކުށްވެރިކޮށްފި
މުޒާހަރާގެ ބައިވެރިން ބޭނުންވަނީ އަސްކަރީ އިންގިލާބެއް
ސޫދާނުގައި ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބުކޮށްލައިފި
ބަޣާވާތުގެ ލީޑަރު އެއް ދުވަސް ފަހުން އިސްތިއުފާ ދީފި
މަޝްވަރާކުރަން ނައިޖަރުގެ އަސްކަރީ ވެރިން އެއްބަސްވެއްޖެ
ސޫދާންގެ ސިއްހީ މަރުކަޒުތައް ފަޅުވަނީ
ސުލްހައިގެ ވާހަތަކުން ސޫދާން ސިފައިން ވަކިވެއްޖެ
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް