ވައްކަމުގެ މައްސަލައެއް ސާބިތުވެ، ހައި ކޯޓުން ޖަލަށް ލާން ހުކުމް ކުރުމުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދަންދެން ކޯޓުގައި ބަހައްޓާފައި ހުއްޓައި ފިލި މީހާ ހައްޔަރުކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފި އެވެ.
25 އޮކްޓޯބަރ 2021
ވައްކަމުގެ މައްސަލައެއް ސާބިތުވެ، ހައި ކޯޓުން ޖަލަށް ލާން ހުކުމް ކުރުމުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދަންދެން ކޯޓުގައި ބަހައްޓާފައި ހުއްޓައި ފިލި މީހާ ހައްޔަރުކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފި އެވެ.
ޑިސެމްބަރު 29، 2013 ގައި މާލޭގެ ގެއަކަށް ވަދެ ގިނަ އަދަދެއްގެ ފައިސާ އާއި ކެމެރާއެއް ވަގަށް ނެގި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން މއ. ވިއަވަތި، ޝިނާހު އާމިރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އޭނާ ޖަލަށް ލާން ހައި ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމުން އޭނާ ކޯޓުގައި ބަހައްޓާފައި ހުއްޓާ އޭނާ ވަނީ ދުވެ ފިލައިފަ އެވެ.
ޝިނާހު ފިލުމުން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ އިއްޔެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އޭނާ މަގުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިއްޔެ ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފިލައިގެން އުޅޭތާ 12 ދުވަސް ފަހުން ހިފެހެއްޓި ޝިނާހު މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިކަން ކަރެކްޝަންސްއިން ކަށަވަރުކޮށްދިނެވެ.
މި މައްސަލައިގައި ދައުވާ ކުރީ ޝިނާހުގެ އިތުރުން އޭނާގެ އެއްބަނޑު ކޮއްކޮ ތ. މަޑިފުށި، އެދުރުގެ ޝައްފާން ލުތުފީގެ މައްޗަށެވެ. ދައުލަތުން ބުނާ ގޮތުގައި އެ މީހުން ގެއަކުން ވަގަށް ނެގީ ކަބަޑެއްގެ ތެރޭގައި ހުރި 170،000ރ. އާއި 10،000 ތައިލެންޑް ބާތު އަދި ސޮނީ ބްރޭންޑުގެ ކެމެރާ އެކެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްސަލަ ބަލައި 2019 ވަނަ އަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ ޝައްފާން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެކަމަކު، ބޭނުންވާ ވަރަށް ހެކި ނެތުމުންނާއި ވަގަށް ނެގި ތަކެއްޗަށް ޝައްފާން ޒިންމާ ނެގުމުން ޝިނާހު މިނިވަންވީ އެވެ.
ދައުލަތުން ޝިނާހުގެ ބައި ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި އެ ކޯޓުން ހުކުމް ކުރީ އޭނާ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވީ ޝަރީއަތުގައި ކުށަށް އިންކާރު ކުރި ނަމަވެސް އޭގެ ކުރިން ތަހުގީގު މަރުހަލާގައި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވި އިއުތިރާފަށް ބާރު ލިބޭ ހެކިތައް ހުރުމުންނެވެ.
ޝިނާހު ފުލުހުންނަށް އިއުތިރާފުވެ ކިޔައިދިން ގޮތުގައި އޭނާ ވަނީ ވަގަށް ނެގި ފައިސާއިން ފޯނުތަކާއި އަންނައުނާއި ގޭތެރޭގެ ސާމާނާއި އޭނާގެ މަންމައަށް ނާންގައި ސައިކަލެއް ވެސް ގަނެދީފަ އެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ މަސްތުވުމަށް ވެސް ހޭދަ ކުރި ކަމަށް އޭނާ ކިޔައިދީފައިވެ އެވެ.
ޖަލަށް ލާން ހައިކޯޓުން ހުކުމްކުރުމާ އެކު ދުވެ ފިލައިފި
ގެއްލުނު ސައިކަލެއްގެ އަގު ދައްކަންކުރި ހުކުމް ރަނގަޅު
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒުގެ މައްސަލައެއް ބަލަނީ
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި
އަނަސްގެ މަރު: ދައުވާލިބޭ މީހުން ބަންދު ނުކުރުން ގޯސް
ޝައްމާން ނުފޫޒު ފޯރުވަންޖެހޭ ހެއްކެއް ނުހުންނާނެ:ވަކީލް
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ހައި ކޯޓަށް ފައިސަލް އައްޔަންކުރަން ނިންމައިފި
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ