26 އޮކްޓޯބަރ 2021
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ ޕެޓިޝަނަށް ސޮއި ހޯދުމަށް އެ ޕާޓީގެެ ލީޑަޝިޕް މިއަދު ކ. ހިންމަފުއްޓަށް ހިނގައްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ ޕެޓިޝަނަށް ސޮއި ހޯދުމަށް އެ ޕާޓީގެެ ލީޑަޝިޕް މިއަދު ކ. ހިންމަފުއްޓަށް ހިނގައްޖެ އެވެ.
އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ޕެޓިޝަނެއް ހުށަހަޅަން އިދިކޮޅުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެ ޕެޓިޝަނަށް ސޮއި ހޯދުމަށް މިހާރު ވެސް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ލީޑަޝިޕްގެ ބޭފުޅުން އެހެން ރަށްރަށަށް ވެސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ހިންމަފުއްޓަކީ ކެމްޕޭނުގެ ފުރަތަމަ މަންޒިލް ކަަމަށެވެ.
އިންޑިއާ އައުޓް ޕެޓިޝަން އަށް ސޮއި ހޯދުމަށް އިދިކޮޅުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ހިންމަފުއްޓަށް ފުރަނީ--- ފޮޓޯ:ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި ޑޯޓުޑޯ ހަރަކާތުގައި ހިންމަފުށީގެ ރައްޔިތުންގެ ފަރާތުން ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
"އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ އަދަދަކަށް މިކޮޅުން ސައިން ލިބެމުން އެބަދޭ. ހުރިހާ އެންމެން ވެސް މިކަމަށް ވަރަށް ސަޕޯޓިވް. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހުރިހާ ބޭފުޅުން ވެސް ބޭނުންވޭ ޕެޓިޝަން ހުށަހަޅަން،" ހީނާ ވިދާޅުވި އެެވެ.
ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތަށް އިދިކޮޅު ލީޑަޝިޕުން އަތޮޅުތަކަށް ދަތުރުކުރަން ނިންމާފައިވާއިރު، ހިންމަފުށީގައި ސޮއިކުރުން އޮންނާނީ މިއަދު އެކަންޏެވެ.
އިންޑިއާ އައުޓް ޕެޓިޝަން އަށް ސޮއި ހޯދުމަށް އިދިކޮޅުން ހިންމަފުށީގައި ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިނ--- ފޮޓޯ:ޕީޕީއެމް
އިދިކޮޅުން ހުށަހަޅާ ޕެޓިޝަންގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މި ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އެންމެ ބޮޑަށް އަޑުއުފުލާފައިވާ އިންޑިއާ ސަރުކާރުން ރާއްޖޭގައި ނުފޫޒު ގަދަކުރާ ކަމަށް ބުނެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ އިތުރު، މި ސަރުކާރުން ރާއްޖެ އިންޑިއާ އަށް ދަރުވާލުމަށް ސިއްރު ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް ވެސް ވަނީ އަޑުއުފުލައިފަ އެވެ.
އިންޑިއާސިފައިން ރާއްޖޭން ބާލަން ގޮވާލައި ހިނގައިލުމެއް
އިންޑިއާއާ ދެކޮޅު ޕެޓިޝަނުގައި ޒަމީރު ސޮއިކުރުން ގޯސް
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން
އިދިކޮޅުގެ ބޮޑު ހިނގާލުމެއް ބާއްވައިފި
ނަޝީދު ނުރުހޭތީ ޒަމީރުގެ ސޮއި ނަގައިފި
އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ޕެޓިޝަނެއް