ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތިދުވަހު ހަމަވިއިރު، 900 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
06 ޑިސެމްބަރ 2016
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތިދުވަހު ހަމަވިއިރު، 900 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް ލިބުނު ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އެނގޭނީ ފޯމުތައް ޗެކްކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ޖެނުއަރީ 14 ގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު، ސިވިލް ކޯޓުން މިހާރު ވަނީ ދެ މަސް ދުވަހަށް ފަސްކޮށްފަ އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރިޔަސް، އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރު ކުރަން ނުވަތަ އަލުން ކުރިމަތިލާން ހުޅުވާލުމަށް އީސީން އަދި ނުނިންމަ އެވެ. ޕީޕީއެމަށް ތައްޔާރު ނުވެވިގެން ކަމަށް ބުނެ އިންތިހާބު ފަސްކުރުމަށް ކުރި އީސީ އިން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ އިސްތިއުނާފުގެ މައްސަލަ އަވަހަށް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް މިފަހަރު އިންތިހާބު ކުރާނީ 653 ކައުންސިލަރުންނެވެ. އެއީ 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުންނެވެ. އިންތިހާބު މޮނީޓާ ކުރުމަށް ބޭރުގެ ގިނަ އޮބްޒާވަރުންތަކެއް ރާއްޖެ އަންނާނެ ކަމަށް އީސީ އިން ބުންޏެވެ. އޭގެ ތެރޭގައި އިންތިހާބުތަކާ ބެހޭ ދުނިޔޭގެ ޖަމިއްޔާ އާއި މި ސަރަހައްދުގެ އިންތިހާބާ ބެހޭ ޖަމިއްޔާތައް ވެސް ހިމެނެ އެވެ. އިންތިހާބުގައި ރާއްޖޭގެ އެކި ރަށްރަށުގައި 400 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 132 ވޯޓު ފޮށި ހުންނާނެ އެވެ. އިންތިހާބާ ގުޅޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަނީ ބާ ޖަމާލުއްދީންގެ އިމާރާތުގަ އެވެ.
އަންނަ އަހަރު 980 ކައުންސިލަރުން އިންތިހާބު ކުރާނެ
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަކުރޭ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް
މުއްދަތު ހަމަވިއިރު، ޕީޕީއެމުން ފޯމް ހުށަހެއް ނާޅާ
ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެއްޖެ
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ދުވަސްވީ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭގޮތް ހަދަނީ
"މުއްދަތު އިތުރު ކުރުމަކީ ރައީސަށް ކޮށްދިން ކަމެއް"