25 އޮކްޓޯބަރ 2021
ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި 400 އަށް ވުރެން ގިނަ މީހުން ދައުލަތަށް ނުހޯދިގެން ހުކުމް ތަންފީޒު ނުކުރެވި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބުނެފި އެވެ.
ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި 400 އަށް ވުރެން ގިނަ މީހުން ދައުލަތަށް ނުހޯދިގެން ހުކުމް ތަންފީޒު ނުކުރެވި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބުނެފި އެވެ.
ހުކުމް ތަންފީޒު ނުވެ ތިބި މީހުންގެ ތަފްސީލް ޖުޑިޝަރީ ކޮމިޓީން ހޯދީ އެ ކޮމިޓީން ދިރާސާކުރަމުން އަންނަ، ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ މައްސަލައާ ގުޅިގެންނެވެ.
ޖުޑީޝަރީ ކޮމިޓީން އެދިގެން ކަރެކްޝަންސް އިން ފޮނުވާފައިވާ މައުލޫމާތާ ހަވާލާދީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުނުކުރެވި 422 މީހުން އެބަ ތިއްބެވެ.
އޭގެ ތެރޭގައި 2006 ވަނަ އަހަރު ހުކުމްކޮށްފައި ތިބި ފަރާތްތަކާއި މި އަހަރު ހުކުމްކޮށްފައި ތިބި ފަރާތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޖުޑީޝަރީ ކޮމިޓީގައި އިމްތިޔާޒު ވާހަކަދައްކަވަނީ--- ފޮޓޯ:މަޖިލިސް
އޭނާ ވިދާޅުވީ "ކުރީ ޒަމާނުގައި" ޣައިރު ހާޒިރުގައި ގިނަ ހުކުމްތައް ކޮށްފައި ހުންނަނީ ގާނޫނުއަސާސީއާ ތައަރުޒުވާ ގޮތަށެވެ.
"އެހެންވީމަ އެކަހަލަ [ގާނޫނާ ހިލާފަށް ގައިރު ހާޒިރުގައި ހުކުމްކޮށްފަ ހުރި] މައްސަލަތަކުގައި ހާއްސަގޮތެއްގައި ޕާސްޕޯޓު ހިފެހެއްޓުމުގެ ބޭނުމެއް އެބަ އޮތްތޯ ގާނޫނީ ހަމައެއްތޯ އެއީ. ހުކުމް ތަންފީޒެއް ނުކުރޭ އަދި ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރެވުނު ކަމެއް ނުކުރެވޭ ކަމެއް ވެސް ނޭނގެ. އެހާ ގިނަ ދުވަސް ފާއިތުވެއްޖެ،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ތައާރުޒުވާ ގޮތަށް ހުކުމްކޮށް، ތަންފީޒު ނުކުރެވި ތިބި 287 ފަރާތެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް، މިިދިޔަ އަހަރު ހޯމް މިނިސްޓްރީން ކޮމިޓީއާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭނާ ވިދާޅުވީ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކަކީ ކޮބައިކަން ހޯދުމަށް މިއަދު ހޯމް މިނިސްޓްރީގައި އެދޭނެ ކަމަށެވެ.
އެއަށްފަހު ޣައިރު ހާޒިރުގައި ކުރިން ކޮށްފައި ހުރި ހުކުމްތަކަކީ ގާނޫނާ އެއްގޮތަށް ކޮށްފައި ހުރި ހުކުމްތަކެއްތޯ ބެލުމަށް ފަހު، އެފަދަ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައި ބެހެއްޓޭނެތޯ ބަލައި ކޮމިޓީން ރިޕޯޓު އެކުލަވާލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
ރަނގަޅު މީހުންގެ ހުކުމް ތަންފީޒުކުރުން ގޯސް: އިމްރާން
ކުށްވެރިން މޮނިޓާކުރާ ޓެގު އަދިވެސް ނުލިބޭ
ޔާމީނަށް ވަކީލުންނާ ބައްދަލުނުވާ މައްސަލަ މަޖިލިހަށް
ޖަލުގައި ކުރި އަނިޔާތަކުގެ މައުލޫމާތު ކޮމިޓީން ހޯދަނީ
ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން މަޖިލީހުގެ ކޮމެޓީއަށް
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި
އަޅުގަނޑަކީ ނުފޫޒަކަށް ލެނބޭނެ މީހެއް ނޫން: އައްބާސް
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޕީޖީ ހާޒިރުކުރާ ކޮމިޓީ ލައިވްކޮށްދޭން އެދުނަސް ސިއްރު