14 އޮކްޓޯބަރ 2021
މާލެ ސަރަހައްދުގައި އަރިދަފުސް ރޯގާ ޖެހޭ މީހުންނާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.
މާލެ ސަރަހައްދުގައި އަރިދަފުސް ރޯގާ ޖެހޭ މީހުންނާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހު އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު މިހާާރު 11،008 އަރާފައިވާ ކަމަށާއި އިންފްލުއެންޒާއަށް ޓެސްޓްކުރި 432 މީހުންގެ ތެރެއިން 192 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކާ ހަވާލާދީ އެ ބަޔާނުގައި ބުނީ މި އަހަރުގެ މިހާތަނަށް 1،198 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކޮށްފައި ވާއިރު 365 މީހަކު އެ ބައްޔަށް ޕޮޒިިޓިވް ވެފައިވާ ކަމަށެވެ.
"...އިންފްލުއެންޒާ އާއި އަރިދަފުސްރޯގާ އިތުރުވަމުން އަންނާތީ މިފަަދަ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންވަމެވެ،" އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.
- ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ދިގުމުއްތަކަށް ފަރުވާކުރަން ޖެހޭ ބަލިތަކުގެ މީހުންނާއި މާބަނޑުމީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުން، ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ފަރުވާ ހޯދުން.
- ހުންއައުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަަމަ އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށްް ދިއުން.
- ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުންގެ ތެެރެއަށް ނުނިކުތުން.
- ކޮވިޑް-19 އިން ރައްކާތެރިވުުމުގެ ގައިޑްލައިންތަކަށް ތަބާވުން.
- ކޮވިޑަށް ޓެސްޓްކުރާ އިރު ނެގެޓިވް ވިޔަސް، ރޯގާގެ އަލާމާތެއް ހުރި ނަމަ ގޭގައި މަޑުކުރުން.
- ބަލިމީހުންނަށް ޒިޔާރަތްކުރަން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުގެންދިއުން.
- ކޮވިޑްގެ ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖެހުން.
- ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން.
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ
މަންކީ ޕޮކްސްއަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓްކުރަނީ
ބަލި ރިޕޯޓް ނުކުރުމާއި ދޮގު ރިޕޯޓްކުރުމުން ޖޫރިމަނާ
އިންފްލުއެންޒާ ފެތުރޭތީ އަތޮޅުތަކުން ސާމްޕަލް ނަގަނީ
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ކޮވިޑް ކޭސްތައް މަދުވާން ފަށައިފި