Roadha Mihaaru
ސަލްމާންގެ "އަންތިމް" ނޮވެމްބަރު 26 އަށް ކަށަވަރު

ސަލްމާންގެ "އަންތިމް" ނޮވެމްބަރު 26 ގައި ރިލީޒްކުރަން ނިންމައިފި

14 އޮކްޓޯބަރ 2021

މި އަހަރު ރިލީޒްކުރާ ސަލްމާން ޚާންގެ ދެވަނަ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" އަންނަ މަހުގެ 26 ގައި ރިލީޒް ކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ރިލީޒްކުރާ ސަލްމާން ޚާންގެ ދެވަނަ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" އަންނަ މަހުގެ 26 ގައި ރިލީޒް ކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.

މިކަން އިއުލާންކުރީ ސަލްމާން ޕްރޮޑިއުސް ވެސް ކޮށްފައިވާ ފިލްމުގެ މޯޝަން ޕޯސްޓަރަކާ އެކު ސޯޝަލް މީޑިއާގަ އެވެ. އޭނާގެ ކުންފުނި އެސްކޭއެފާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "އަންތިމް" އަންނަ މަހުގެ 26 ގައި ރިލީޒް ކުރަން ނިންމާފައި މި ވަނީ މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި ފަސް ކޮށްފައި އޮތް ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2" ވެސް ހަމަ އެ ތާރީހުގައި އަޅުވަން ތާވަލު ކޮށްފައި ވަނިކޮށެވެ.

އެހެންވެ ނޮވެމްބަރު މަހުގެ 26 ވާނީ ބޮކްސް އޮފީހުގައި ސަލްމާނާއި ޖޯންގެ ވަރުގަދަ ކުރިމަތިލުމަކަށް ދާނެ ދުވަހަކަށެވެ.

އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓް ކޮށްފައިވާ "އަންތިމް" އަކީ ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ އެއްޗެކެވެ. އަދި މިއީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔާތުރީ" އިން ތައާރަފުކުރި އާޔޫޝްގެ ދެވަނަ ފިލްމެވެ. އޭނާ އަކީ ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ.

"އަންތިމް" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. މި އަހަރު ރިލީޒްކުރި ސަލްމާންގެ ފުރަތަމަ ފިލްމަކީ މެއި 13 ގައި ގެނެސްދިން "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އެވެ.