Roadha Mihaaru
ރޮނާލްޑޯ ހެޓްރިކް ހެދިއިރު އިންގްލެންޑް މެޗު އެއްވަރު

ރޮނާލްޑޯ ހެޓްރިކް ހެދިއިރު އިންގްލެންޑް މެޗު އެއްވަރު

13 އޮކްޓޯބަރ 2021

އަލްގާވެ (އޮކްޓޯބަރު 12) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކަކާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް އިން ލަގްޒެމްބާގުގެ މައްޗަށް ކުރިހޯދިއިރު، ވެމްބްލީގައި އިންގްލެންޑާއި ހަންގޭރީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަލްގާވެ (އޮކްޓޯބަރު 12) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކަކާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް އިން ލަގްޒެމްބާގުގެ މައްޗަށް ކުރިހޯދިއިރު، ވެމްބްލީގައި އިންގްލެންޑާއި ހަންގޭރީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގުރޫޕް އޭގެ މެޗު ޕޯޗުގަލް ކާމިޔާބުކުރީ 5-0 އިން ލަގްޒެމްބާގް ބަލިކޮށްގެންނެވެ. މި މެޗުގައި އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ. ރޮނާލްޑޯ ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޕެނަކްޓީން ޖެހި ދެ ލަނޑެވެ. މިއީ އޭނާ ގައުމީ ޓީމު އަދި ކުލަބަށް ކާމިޔާބުކޮށްދިން 58 ވަނަ ހެޓްރިކެވެ.

ޕޯޗުގަލްގެ އަނެއް ދެ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭޒް އާއި ޖޮއާއޯ ޕަލީނާ އެވެ.

ޕޯޗުގަލް މި ވަގުތު އޮތީ އެއް މެޗު މަދުން ކުޅެގެން 16 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ރޭ އަޒަރުބައިޖާނާ ވާދަކޮށް 3-1 އިން މޮޅުވި ސާބިއާ އެވެ. އެ ޓީމަށް ކުޅުނު ހަތް މެޗުން 17 ޕޮއިންޓް ވަނީ ލިބިފަ އެވެ.

އިންގްލެންޑާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

އިންގްލެންޑާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ގުރޫޕް އައިގައި ރޭ އިންގްލެންޑް ހަންގޭރީ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުޖެހީ ހަންގޭރީ އެވެ. އިންގްލެންޑުން އެއްވަރުކުރީ ޑިފެންޑަރު ޖޯން ސްޓޯންސް ޖެހި ލަނޑުންނެވެ.

އެއްވަރުވި ނަމަވެސް އިންގްލެންޑް އޮތީ 20 ޕޮއިންޓާ އެކު އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ 17 ޕޮއިންޓާ އެކު ޕޮލެންޑެވެ. އެ ޓީމު ވަނީ ރޭ 1-0 އިން އަލްބޭނިއާ ބަލިކޮށްފަ އެވެ.

މި މެޗު ފެށުމުގެ ކުރިން ހަންގޭރީގެ ސަޕޯޓަރުންގެ ބަޔަކު ވަނީ އިންގްލެންޑްގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. ފުލުހުން އެ ސަޕޯޓަރުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ދެބައި މީހުންގެ މެދުގައި ހަމަނުޖެހުމެއް ވެސް ވަނީ ހިނގައިފަ އެވެ.