06 އޮކްޓޯބަރ 2021
ތަފާތު ވިސްނުމުގެ ނުވަތަ ފިކުރުގެ ގޮތުން ތަފާތު މީހުންނާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށާއި ކުރިއަށް ދެވޭނެ މަގަކީ އެއީ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި ޝާހިދު ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފަ އެވެ.
މެންދުރު ފަހު އިސްކަންދަރު ސްކޫލުގައި ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ އެންމެންގެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ ކުރިއަށް ދެވޭނެ މަގު ކަމަށާއި އަދި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ދާއިރާގެ ތެރޭގައި އޭނާ ހާއްސަ އިސްކަމެއް ދެއްވާނެ ދެ ދާއިރާއެއް އޮންނާނެ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ދަތުރުގައި ސްކޫލް ދަރިވަރުންނާ ބައްދަލުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެއީ ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ފިކުރުގެ ގޮތުން ތަފާތު މީހުންނާ އެކު އުޅެން ދަސްކުރުމެވެ.
ޖިންސުގެ ހަމަހަމަ ކަމަށް ބާރު ދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި އަންހެން އަދި ފިރިހެން މުވައްޒަފުންގެ އަދަދު މިހާރު ހަމަހަމަ ވާނެ ކަމަށާއި އަދި ހަމައެއާ އެކު އެ އޮފީހުގެ ސީނިއާ ކެބިނެޓުގައި މަސައްކަތްކުރާ އަންހެނުން މިހާރު އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް ދެވޭނެ އެ މަގަށް މަސައްކަތް ކޮށްގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުގެ [އދ. ގެ] އޮފީހުގައި މިހާރު 42 މުވައްޒަފުން ތިބިއިރު، 32 ގައުމުގެ މީހުން އެބަ ތިބި،"
"ތަފާތު މީހުންނާ އެކީގައި އުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހޭނެ. ތަފާތު މީހުންގެ ހިޔާލަށް ޖާގަދޭން އަޅުގަނޑުމެން ދަސްކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ދަތުރުގައި ސްކޫލް ދަރިވަރުންނާ ބައްދަލުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު ކުރިމަތިލެއްވިއިރު ޝިއާރެއްގެ ގޮތުގައި ބޭނުންކުރެއްވީ "އުއްމީދުގެ ރިޔާސަތު" އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކުން އުއްމީދުގެ ރިޔާސަތެއް ގެންގޮސްދިނީ ފަސް އުއްމީދުގެ ދޯދިތަކެއް ނުވަތަ އެ މަޖިލީހުގެ ރައީސްގެ ގޮތުގައި އޭނާ އިސްކަންދެއްވާނެ ފަސް ކަމަކާ އެކުގައި ކަމަށެވެ.
- ކޮވިޑުގެ ވަބާއިން އަރައިގަންނަން އެންމެންނަށް ވެކްސިން ދިނުން
- ދެމެހެއްޓެނިވި ގޮތަކަށް އަލުން ތަރައްގީގެ މަސައްކަތް ފެށުން
- ދުނިޔެ އަށް ބޭނުންވާ ތިމާވެއްޓާ ބެހޭ ކަންކަމަށް އަމަލީ ގޮތުން އިޖާބަދިނުން
- އެންމެންގެ ހައްގުތަކަށް އިހުތިރާމް ކުރުން
- ޒުވާނުންނަށް ފުރުސަތު ހޯދައިދިނުން
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ދަތުރުގައި ސްކޫލް ދަރިވަރުންނާ ބައްދަލުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގެ ބޭފުޅަކު އދ. ގެ ރިޔާސަތުގައި އިންނަވާއިރު، ތިމާވެއްޓާ ބެހޭ އދ. ގެ ބޮޑެތި ކޮންފަރެންސްތަކެއް ބޭއްވުމަކީ ވަރަށް ހެޔޮ އިއްތިފާގެއް ކަމަށާއި އޭގެ ބޭނުން ވަރަށް ފުރިހަމަ އަށް ރާއްޖެ އިން ހިފަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ އެއް އަހަރު ދުވަހުގެ ރިޔާސަތުގައި ތިމާވެއްޓާ ބެހޭ ވަރަށް ބޮޑު ފަސް ކޮންފަރެންސެއް ބާއްވާނެ އެވެ. އޭގެ ފުރަތަމަ ކޮންފަރެންސް ކަމަށްވާ "ހައި ލެވަލް ޑައިލޮގް އޮން އެނާޖީ" ވަނީ މިދިޔަ މަހު ބާއްވައިފަ އެވެ. ކުރިއަށް ހުރި ކޮންފަރެންސްތަކުގެ ތެރޭގައި މި މަހު ބާއްވާ "ކޮޕް 26" އާއި އަންނަ އަހަރު ބާއްވާ "ކޮޕް 15 އޮން ބަޔޮޑައިވާސިޓީ" އާއި "ކޮޕް15 އޮން ކޮމްބެޓް ޑެސަޓިފިކޭޝަން" އަދި "އޯޝަން ކޮންފަރެންސް" ހިމެނެ އެވެ.
އޭނާ ވިދާޅުވީ މި މަހު 26 ގައި ބާއްވަން އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ބައްދަލުވުމުގައި ކޮޕް26 އަށް ތައްޔާރުވުމަށް، ދުނިޔޭގެ ހުރިހާ ގައުމުތައް އެއްތަން ކޮށް، ހުރިހާ ގައުމުތަކެއް އެއް އެއްބަސްވުމަށް އާދެވޭނެތޯ ހާއްސަ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ދަތުރުގައި ސްކޫލް ދަރިވަރުންނާ ބައްދަލުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑު ދިވެއްސެއްގެ ގޮތުން ގަބޫލުކުރަނީ އެ މަސައްކަތް ކުރަން މަޖުބޫރު ކަމަށް. އަދި އެ މަސައްކަތުން ކާމިޔާބީތަކެއް ހޯދޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ކުރައްވާ ފަސް ދުވަހުގެ ދަތުރުގައި މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އިސްކަންދަރު ސްކޫލުގައި މިއަދު ދަރިވަރުންނާ ބައްދަލުކުރެއްވިއިރު، މާލެ އާއި އެކި ރަށްތަށުގެ ސްކޫލްތަކުގެ ދަރިވަރުންނަަށް ވަނީ އޭނާއާ ސުވާލުކުރުމުގެ ފުރުސަތު ވެސް ދެއްވައިފަ އެވެ.
ދެ ސްކޫލަކުން ޖާގަހޯދަން އޮޅުވާލައިގެން ލިޔުން ހުށަހަޅާ
ކިޔެވުމާއި ކުޅިވަރުގެ ޗެމްޕިއަން: ހަމަ ނަމޫނާއެއް
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލުހާ
ދަރިވަރުން މަދު ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދެނީ
ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
އިސްކަންދަރު ސްކޫލުން އެއް ވަނަ ލަޔާލް އަށް
އާ އަޒުމާއި އުއްމީދާ އެކު ދަރިވަރުންނަށް އުފާވެރިކަން
2016: ސްކޫލުތަކަށް ކާމިޔާބު އަހަރެއް!
ޓީޗަރުންގެ ދުވަަސް ކުލަގަދަކޮށް ފާހަގަކޮށްފި