ފ. މަގޫދޫގައި އެއާޕޯޓެއް އަޅައިދޭން އެ ރަށުގެ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.
04 އޮކްޓޯބަރ 2021
ފ. މަގޫދޫގައި އެއާޕޯޓެއް އަޅައިދޭން އެ ރަށުގެ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.
ރައީސް އޮފީހުގައި މަގޫދޫ ކައުންސިލާ އެކު އިއްޔެ މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގައި އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށް، ކައުންސިލުން ވަނީ އެއާޕޯޓެއް އަޅައިދިނުމަށް އެދިފަ އެވެ.
ރާއްޖޭގެ ގިނަ އަތޮޅުތަކުގައި މިހާރު އެއާޕޯޓްތައް އޮތްއިރު، ފ. އަތޮޅުގައި އެއާޕޯޓެއް ނޯވެ އެވެ.
އެ ރަށު ކައުންސިލުން އެދުނު އިތުރު ކަންކަމުގެ ތެރޭގައި، އެ ރަށަކީ ޔުނިވާސިޓީއެއް ހިންގާ ރަށަކަށް ވުމާ އެކު، ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަދައިދިނުމާއި އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުމާއި ސްކޫލްގައި ލައިބްރަރީއެއް އެޅުމާއި އަދި ފުޓްސަލް ދަނޑެއް އެޅުން ހިމެނެ އެވެ.
ބަޖެޓްގެ ދަތިކަމާ ގުޅޭ ވާހަކަތައް ވެސް ކައުންސިލުން ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކައުންސިލްގެ ހުށަހެޅުންތައް އަޑުއެއްސެވުމަށް ފަހު، ރައީސް ވަނީ އެކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. ފުޓްސަލް ދަނޑާއި ސިއްހީ ހިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މަގޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިން ހިއްކުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު ވެސް ހިއްސާކުރައްވައިފަ އެވެ.
ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީ ކުރަން 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ރީޖަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ހަ މަޝްރޫއުއެއް ހިމެނެ އެވެ. އަދި ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ އެކި މަސައްކަތްތައް ބަޖެޓުގައި ހިމަނާފައިވެ އެވެ.
މަގޫދޫގައި ހަދާ އެއާޕޯޓަށް ބަޔަކު ގެއްލުން ދީފި
މަގޫދޫ ސްކޫލަށް ކައުންސިލުން އެއް މިލިއަން ރުފިޔާ
މަގޫދޫ ފަޅުގައި ރިސޯޓެއް ހަދަން ބީލަމަށް ހުޅުވާލައިފި
މަގޫދޫ ތިޖޫރީ ފަޅާލި މައްސަލާގައި 9 މީހަކު ހައްޔަރު
ކައުންސިލްއިދާރާގެ ގާޑު ބަނުމަށް ފަހު ތިޖޫރި ފަޅާލައިފި
މަގޫދޫ ފަޅުތެރޭން 55،000 މުށިމަސް ހިފައިފި
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާ އުވާލައިފި
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި