30 ސެޕްޓެމްބަރ 2021
މީގެ ކުރިން އެހާ ބޮޑަށް އޭ-ލިސްޓް ތަރިންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައި ނުވާ ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ އަށް އަކްޝޭ ކުމާރާ އެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
މީގެ ކުރިން އެހާ ބޮޑަށް އޭ-ލިސްޓް ތަރިންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައި ނުވާ ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ އަށް އަކްޝޭ ކުމާރާ އެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ މަލަޔާޅަމް ފިލްމު "ޑްރައިވިން ލައިސަންސް" ގެ ހިންދީ ރިމޭކެވެ. އަކްޝޭގ 2019 ގެ "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާ ހަދަން ނިންމާފައިވާ ފިލްމަށް 2004 ގެ "މާޑާ" އިން މަޝްހޫރުވި އިމްރާން ސޮއިކޮށްފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
ހަންގާމާ އިން ބުނި ގޮތުގައި ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ޑްރައިވިން ލައިސަންސް" ގައި އަކްޝޭ ކުޅޭނީ މަޝްހޫރު ފިލްމީ ތަރިއެއްގެ ރޯލު ކުޅުނު ޕްރިތުވީރާޖް ސުކުމަރަން ކުޅުނު ހަރީންދުރަންގެ ކެރެކްޓާ އެވެ. އަދި އިމްރާން ކުޅޭނީ ފުލުހެއްގެ ރޯލު ކުޅުނު ސޫރަޖް ވެންޖަރަމޫޑޫގެ ކުރްވިލާ ޖޯސެފްގެ ކެރެކްޓާ އެވެ.
ލާލް ޖޫނިއާ ޑައިރެކްޓްކުރި "ޑްރައިވިން ލައިސަންސް" އަކީ ފިލްމީ ތަރިއަކާއި ފުލުހަކާ ދެމެދު އުފެދޭ ކޯޅުންތަކެއްގެ ސަބަބުން އެކަކު އަނެކަކަށް ދުއްތުރާ ކުރަން ކުރާ މަޖާ ކަންކަމުގެ ސަބަބުން ދިމާވާ ހާދިސާތަކެއް ފެނިގެން ދިޔަ ވަރަށް ކާމިޔާބު ފިލްމެކެވެ.
ކަރަންގެ ދަރުމާ އިން މީގެ ހިންދީ ފިލްމު ހަދަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައީ ވަނީ އަންނަ އަހަރުގެ ޖެނުއަރީގައި އިނގިރޭސިވިލާތުގަ އެވެ. އިމްރާނަށް "ޑްރައިވިން ލައިންސަންސް" އިން ފުރުސަތު ލިބުނު އިރު، ކުރިން ވެސް އޭނާ ދަރުމާގެ ފިލްމެއް ކުޅުނެވެ. އެއީ 2014 ގެ "އުނގްލީ" އެވެ.
އިމްރާން މިހާރު އަންނަނީ ސަލްމާން ޚާނާ އެކު "ޓައިގާ 3" ގެ މަސައްކަތް ކުރަމުންނެވެ. އޭނާ އަކީ އެ ފިލްމުގެ މައި ވިލަން އެވެ.
އަކްޝޭގެ "ސެލްފީ" ގައި އިމްރާން
ކާތިކް ވަކިކުރި "ދޯސްތާނާ 2" އަދިވެސް ވާނުވާގައި
"ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ
އަކްޝޭގެ "ޑްރައިވިން ލައިސަންސް" ކަރަން އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރަންގެ ދަރުމާގެ ބައޮޕިކް އަކްޝޭ އަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަކްޝޭ ކުމާރުގެ ރިހޭފައިމައްޗަށް ފޮއި