Roadha Mihaaru
މެކްރޯން އަށް މިފަހަރު ބިހުގެ ހަމަލާއެއް

މެކްރޯން އަށް މިފަހަރު ބިހުގެ ހަމަލާއެއް

28 ސެޕްޓެމްބަރ 2021

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އެ ގައުމުގެ ދެކުނު ސަރަހައްދަކަށް ކުރެއްވި ޒިޔާރަތުގައި، އޭނާ އަށް މަރުހަބާ ކިޔަން އެއްވެ ތިބި ބައެއްގެ ގާތަށް ވަޑައިގެން، އެ މީހުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، ކުއްލި އެތިފަހަރެއް އެރީ ވާތް ފަރާތު ކޯތާފަތް މައްޗަށެވެ. ރައީސްގެ ހަށިފާރަވެރިން ވަގުތުން އެމީހާ ހައްޔަރުކޮށް ރައީސް ސަލާމަތް ކުރި އެވެ.

ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ އިރުދެކުނުން 292 މޭލު ދުރުގައި އޮންނަ ލިއޯން އަށް އިއްޔެ ވަޑައިގެން އުޅުއްވަނިކޮށް، ވާތު ކޮނޑަށް އަމާޒުވީ ކުކުޅު ބިހެކެވެ. މިފަހަރު ވެސް ރައީސްގެ ހަށިފާރަވެރިން ވަރަށް އަވަހަށް އެމީހާ ހައްޔަރުކޮށް އެތަނުން ދުރަށް ގެންދިޔަ އެވެ.

މެކްރޯންގެ ހަށިކޮޅަށް މީހަކު ބިހެއް އެއްލީ، ލިއޯންގައި އޮތް ކާބޯތަކެތީގެ ފެއާއަކަށް ވަޑައިގެން، އެ ތަނުގެ އެކި ތަންތަނަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށެވެ. ރައީސްގެ ކޮނޑުގައި ބިސް ޖެހުނަސް، ބިސް ތަޅައިގެން ދިޔައީ ތަޅުންގަނޑު މައްޗަށް ވެއްޓުމުންނެވެ.

އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު ފެންނަނީ، ރައީސް މެކްރޯން ފެއާގެ ތެރޭގައި އެއް ފަރާތެއްގައި ހުންނަވާފައި އަނެއް ފަރާތަށް އެނބުރިވަޑައިގެންނެވި ތަނުން، ކުކުޅު ބިހެއް އައިސް ވާތް ފަރާތު ކޮނޑުގައި ޖެހުމާއެކު، އެ ބިސް ބިންމައްޗަށް ވެއްޓޭ ތަނެވެ. ދެން ފެންނަނީ ތަންކޮޅެއް ދުރުގައި ހުރި މީހަކު ހައްޔަރުކޮށްގެން، ހަށިފާރަވެރިން ގެންދާ މަންޒަރެވެ.

އެ ހާދިސާ ހިނގި އިރު އެ ތަނުގައި ހުރި ނޫސްވެރިއަކު ބުނި ގޮތުގައި، ބިސް އެއްލުމާ ގުޅިގެން ރައީސް މެކްރޯންގެ އެ ހަފްލާއަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބިސް އެއްލި މީހާގެ ފަރާތުން ވެސް، ހަޅޭއްލަވައި އަޑުގަދަކުރުން ފަދަ ކަމެއް މެދުވެރިނުވާތީ، އެ ތަނުގައި ތިބި ގިނަ މީހުންނަށް ވެސް، ކަމެއް ހިނގިކަމެއް ނޭނގެ އެވެ.

"އެ ހަފްލާގައި ދެ ގަޑިއިރު ވަންދެން ރައީސް ހިންގަވައި އުޅުއްވި. ވަރަށް ހޫނު މަރުހަބާއެއް އާންމުންގެ ފަރާތުން ލިބުނު. ވަރަށް އޮމާންކޮށް މުޅި ހަފްލާ ވެސް ދިޔައީ. އެ ހާދިސާގެ ސަބަބުން ރައީސްގެ އެ ހަފްލާއަށް އެއްވެސް ހުރަހެއް ނޭޅޭތީ، ހާދިސާއާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް ނެތިން. އަހަރެން ހުރީ ރައީސްއާ ވަރަށް ގާތުގައި، ހަގީގަތުގައި މާބޮޑު ކަމެއް ނުހިނގާ،" އެލީޒޭ ގަނޑުވަރުގެ ތަރުޖަމާނަކު ސީއެންއެން އަށް ވިދާޅުވި އެވެ.

ރައީސް މެކްރޯން ފަރަންސޭސި ވިލާތުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިގެން ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، 2017 ވަނަ އަހަރުގެ ތެރޭގައިވެސް ކުކުޅު ބިހުގެ ހަމަލާއެއް ކުރިމަތިވި އެވެ. އެފަހަރު މީހަކު އެއްލި ބިސް ތަޅައިގެން ދިޔައީ މެކްރޯންގެ އިސްތަށިފުޅަށެވެ.