Roadha Mihaaru
މެރިތާ 21 އަހަރު ފަހުން ކުށްނުކުރާ ކަމަށް ނިންމައިފި

މަރުގެ އަދަބު ދިންތާ 21 އަހަރު ފަހުން ކުށް ނުކުރާ ކަމަށް ނިންމައިފި

02 ޑިސެމްބަރ 2016

ބެއިޖިން (ޑިސެމްބަރު 2) - ކުށްކުރި ކަމަށް ބުނެ މީގެ 21 އަހަރު ކުރިން މަރުގެ އަދަބު ދިން މީހަކު ކުށްވެރި ނުވާ ކަމަށް ޗައިނާގެ ސްޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޑިސެމްބަރު 2) - ކުށްކުރި ކަމަށް ބުނެ މީގެ 21 އަހަރު ކުރިން މަރުގެ އަދަބު ދިން މީހަކު ކުށްވެރި ނުވާ ކަމަށް ޗައިނާގެ ސްޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ނިއެ ޝުބިން ނަމަކަށް ކިޔާ މީހެއްގެ މައްޗަށް 1995 ވަނަ އަހަރު މަރުގެ އަދަބު ތަންފީޒު ކުރީ އަންހެނަކު ރޭޕްކޮށް އޭނާ މަރާލި ކަމުގެ ކުށުގަ އެވެ. އޭރު ނިއެގެ އުމުރަކީ 20 އަހަރެވެ. ނަމަވެސް ސްޕްރީމް ކޯޓުން ނިންމާފައި ވަނީ ނިއެގެ ޝަރީއަތް ގެންދިޔަ ގޮތް ސާފު ނުވާ ކަމަށާއި އޭނާ މީހަކު މެރިކަމުގެ ހެކި ދަށު ކޯޓަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ނިއެގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން އޭނާގެ އާއިލާ އިން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ. މީގެ 11 އަހަރު ކުރިން އެހެން މީހަކު ވަނީ އަންހެން މީހާ މަރާލީ ނިއެ ނޫން ކަމަށާއި އެކަން ކުރީ އޭނާ އަމިއްލަ އަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.

ޗައިނާގެ ސްޕްރީމް ކޯޓުން ބުނެފައި ވަނީ މަރުގެ އަދަބު ދިން މީހާއާ ދެކޮޅަށް ހެކި ސާބިތު ކުރެވިފައި ނުވާ ކަމަށް. --ފޮޓޯ:ބީބީސީ

ޗައިނާގެ ސްޕްރީމް ކޯޓުން ބުނެފައި ވަނީ މަރުގެ އަދަބު ދިން މީހާއާ ދެކޮޅަށް ހެކި ސާބިތު ކުރެވިފައި ނުވާ ކަމަށް. --ފޮޓޯ:ބީބީސީ

ޗައިނާގެ އުތުރުގެ ހިސާބެއްގައި 2014 ވަނަ އަހަރު ވެސް ވަނީ މަރުގެ އަދަބު ދިން މީހަކު ކުށްވެރި ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އޭރު އޭނާގެ މައްޗަށް މަރުގެ އަދަބު ދިންތާ އަށް އަހަރުވެއްޖެ އެވެ. ބަދަލެއްގެ ގޮތުން އޭނާގެ އާއިލާ އަށް ދިނީ 30،000 ޔުއާން (4،850 ޑޮލަރު) އެވެ. އޭނާގެ ޝަރީއަތުގައި އުޅުނު 27 މީހަކަށް ވަނީ އަދަބު ދީފަ އެވެ.

ޗައިނާގެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ކުށްވެރިވާ ރޭޓް އުޅެނީ 99 ޕަސެންޓުގައި ކަމަށް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރާ މީހުންގެ އަދަދު އޮންނަނީ ސިއްރެއްގެ ގޮތުގަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތު ކުރާ ގޮތުގައި ޗައިނާގައި ކުށަށް އިއުތިރާފް ކުރަނީ ބިރު ދައްކައިގެން މަޖްބޫރުން ނުވަތަ އަނިޔާކޮށްގެންނެވެ. އަދި ހުކުމްތައް ބަދަލުވުމަކީ ވެސް ޗައިނާގައި އާއްމުކޮށްވާ ކަންތަކެއް ނޫނެވެ.