Roadha Mihaaru
ގެލަކްސީ ނޯޓް 7: ބާކީ ހުރި ފޯނުތައް ބްލޮކްކުރަނީ

ގެލަކްސީ ނޯޓް 7: ބާކީ ހުރި ފޯނުތައް ބްލޮކްކުރަނީ

02 ޑިސެމްބަރ 2016

ގެލަކްސީ ނޯޓް 7ގެ ވާހަކަ ނުދައްކަން އުޅޭއިރު ވެސް، ނުދައްކާ ފަރުޖެހޭކަށް ނެތެވެ. ނޯޓް 7 ބޭނުންކުރާ މީހުންގެ ބޯހަރުކަމުންނެވެ. ފޯނުތައް އަނބުރާ ފޮނުވަން ސެމްސަންގުން ތަކުރާރުކޮށް އެދޭއިރު، އަދި އެކަށީގެންވާ ވަރަށް ވުރެ ހެޔޮ ބަދަލެއް ދޭން ބުނާއިރު ވެސް، ނޯޓް 7 ބޭނުންކުރާ މީހުން އަދި ވެސް އެބަ އުޅެ އެވެ. ސެމްސަންގަށް އެކަން އެނގެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ނޯޓް 7ގެ ބެޓެރީގައި މައްސަލަ ޖެހި، ފޯނުތަކުގައި ހުޅުހިފަން ފެށުމުން، ފޯނުތައް އަނބުރާ ފޮނުވަން ސެމްސަންގުން އެދުނެވެ. ފޯނުތައް ހޯދަައި ބަދަލުދިނުމަށްޓަކައި ދެތިން ބުރަށް އިއުލާން ވެސް ކުރި އެވެ.

ސެމްސަންގުން ހުށަހެޅި ބަދަލުތަކުގެ ތެރެއިން އެ މީހަކަށް ރުހެވޭ ބަދަލެއް ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި، ދެން ނެރެން ހުރި ފޯނުތަކުން ފޯނެއް ލިބޭނެ ގޮތްތަކެއް ހަމަޖެއްސުން ހިމެނެ އެވެ.

ސެމްސަންގް މިހާރު ރުޅިއަތުވެއްޖެ އެވެ. އެއީ ނޯޓް 7 ގޮވައި ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ، ގައިން ގަޔަށް އަރާ ރޯގާއެއްހެން އެ ވާހަކަތައް ފެތުރިގަންނާނެތީ އެވެ. ސެމްސަންގްގެ ނަން ހުތުރުވެ، ބަދުނާމު ވާނެތީ އެވެ. ލިބުނު ގެއްލުމަށް ޒިންމާވާން ޖެހޭނެތީ އެވެ.

ސެމްސަންގުން ބުނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ނޯޓް 7 ބޭނުންކުރި ނަމަވެސް އެ ފޯން ބްލޮކްކުރެވިދާނެ ކަމަށެވެ. އެއިން ފޯނަކަށް "ޖީއެސްއެމް" ނެޓްވޯކް ނުލިބޭ ގޮތް ވެސް ހެދިދާނެ ކަމަށެވެ. މާނަ އަކީ ފޯނު ކޯލެއް، މެސެޖެއް އަދި ޑޭޓާ ވެސް ބޭނުންނުކުރެވޭނެ ވާހަކަ އެވެ.

ނޯޓް 7 ނިއު ޒިލޭންޑްގައި ބްލޮކްކުރަން ފަށާފައި ވާއިރު، ދެން އޮތީ އޮސްޓްރޭލިޔާ އެވެ. ފޯނު ޚިދުމަތް ދޭ ކުންފުނިތަކާ ގުޅިގެން ނޯޓް 7 ބްކޮކުރުމަށްޓަކައި ދަނީ ވާހަކަދައްކަމުންނެވެ. ލަސްތަކެއް ނުވެ އެކަން ކުރާނެ ކަމަށް ބުނެވެ އެވެ. އެއިރުން ނޯޓް 7 މިހާރު ބޭނުންކުރާ މީހުން ފޯނުތައް ރައްދުކުރާނެ ކަމަށް ބެލެވެ އެވެ. ސެމްސަންގުން ބުނީ އަދި ވެސް ހެޔޮ ބަދަލެއް އެ މީހުންނަށް ދޭނެ ކަމަށެވެ.

ސެމްސަންގުން ބުނި ގޮތުގައި ފޯނުތައް ބްލޮކްކުރުމުގައި ފުރަތަމަ އިސްކަން ދޭނީ ނޯޓް 7 އެންމެ ގިނައިން ބޭނުންކުރާ ގައުމުތަކަށެވެ. ނަމަވެސް އެ ހިސާބެއްގައި ނޯޓް 7 ގޮވައި، ގެއްލުމެއް ވެއްޖެ ނަމަ އެ ދިމާއަކަށް މިސްރާބު އަނބުރާލާނެ އެވެ.