Roadha Mihaaru

ހުޅުމާލޭގައި ވިލާގެ ސްކޫލެއް އަޅަން އެޗްޑީސީން ބިން ދޫކޮށްފި

ހުޅުމާލޭގައި ޕްރައިވެޓް ސްކޫލެއް ހިންގަން ވިލާ އެޑިއުކޭޝަނަލް ސާވިސްއަށް ބިން ދޫކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ވިލާގެ ސްކޫލެއް އަޅަން ބިން ދޫކޮށްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

21 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ޕްރައިވެޓް ސްކޫލެއް ހިންގަން ވިލާ އެޑިއުކޭޝަނަލް ސާވިސްއަށް ބިން ދޫކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ވިލާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

އެޗްޑީސީން ބުނީ ވިލާ އެޑިއުކޭޝަނަލް ސާވިސް އިން ހަ ބުރީގެ އިމާރާތެއް ހަދައި ސްކޫލް ހިންގަން ހުޅުމާލޭގެ ފޭސް 1 އިން 35،885 އަކަފޫޓުގެ ބިމެއް ދޭނެ ކަމަށެވެ.