Roadha Mihaaru
ޓްވިޓާ ވެރިފައިކޮށްދިނުން އަލުން ފަށައިފި

ޓްވިޓާ ވެރިފައިކޮށްދިނުން އަލުން ފަށައިފި

15 ސެޕްޓެމްބަރ 2021

ފޭކް އެކައުންޓްތައް ވެރިފައިކޮށްދެވޭ މައްސަލަ ބޮޑުވެ، ފާޑުކިޔުންތައް އަމާޒުވާން ފެށުމުން މިދިިޔަ މަހުގެ ތެރޭގައި މެދުކަނޑާލުމަށް ފަހު އެކައުންޓްތައް ވެރިފައިކޮށްދިނުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭކް އެކައުންޓްތައް ވެރިފައިކޮށްދެވޭ މައްސަލަ ބޮޑުވެ، ފާޑުކިޔުންތައް އަމާޒުވާން ފެށުމުން މިދިިޔަ މަހުގެ ތެރޭގައި މެދުކަނޑާލުމަށް ފަހު އެކައުންޓްތައް ވެރިފައިކޮށްދިނުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ޓްވިޓާ އިން އަންގާރަ ދުވަހު ބުނީ އަލުން ވެރިފައިކޮށްދޭން ފެށުމާ އެކު ކުރިއެކޭ އެއްގޮތަށް މިހާރު އެކައުންޓްތައް ވެރިފައިކޮށް ދިނުމުގެ ޕްރޮސެސްކުރިއަށް ދާނެ ކަމަށެވެ.

ވެރިފައިކޮށްދިނުން ޓްވިޓާ އިން މެދުކަނޑާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އޭރު ބުނެފައި ވަނީ އެކައުންޓްތައް އޮޅުމަކުން ވެރިފައިކޮށްދޭ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދޭނެ ކަމާށާއި ވެރިފިކޭޝަނަށް އެދޭ މީހުން ކެތްތެރިވެ ތިބުމަށް އެދޭ ކަމަށެވެ.

ޓްވިޓާ އަކީ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 206 މިލިއަނަށް އަރަ އެވެ.