Roadha Mihaaru
ޓްވިޓާ އެކައުންޓަށް އަޅާ ފިޔަވަޅު އަންގާ ފީޗާއެއް

އެކައުންޓަށް އަޅާ ފިޔަވަޅު އަންގައިދޭ ފީޗާއެއް ޓްވިޓާ އިން ޓެސްޓްކުރަނީ

29 ޖުލައި 2021

އެކައުންޓް ވަގުތީ ގޮތުން ލޮކްކުރީތޯ ނުވަތަ ދާއިމީކޮށް ބޭނުން ނުކުރެވޭ ގޮތަށް ހެދީތޯ އަންގައިދޭ ފީޗާއެއް ޓްވިޓާ އިން ޓެސްޓްކުރަން ފަށަފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކައުންޓް ވަގުތީ ގޮތުން ލޮކްކުރީތޯ ނުވަތަ ދާއިމީކޮށް ބޭނުން ނުކުރެވޭ ގޮތަށް ހެދީތޯ އަންގައިދޭ ފީޗާއެއް ޓްވިޓާ އިން ޓެސްޓްކުރަން ފަށަފައިފި އެވެ.

މަދު ބައެއްގެ މެދުގައި މިހާރު ޓެސްޓްކުރަމުން އަންނަ މި ފީޗާ އަކީ ޓްވިޓާގެ އުސޫލުތަކާ ހިލާފުވާ ނަމަ، އެ މީހެއްގެ އެކައުންޓަށް ފިޔަވަޅެއް އެޅިކަން އަންގައިދޭނެ ފީޗާއެކެވެ. އުސޫލުތަކާ ހިލާފުވެގެން އެކައުންޓްތަކަށް ފިޔަވަޅު އެޅުމަކީ ޓްވިޓާ އިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

ޓްވިޓާ އިން ބުނީ އާ ފީޗާ އަކީ އެ މީހެއް ފީޑަށް އަންނާނެ އެއްޗެއް ކަމަށެވެ. ދާއިމީކޮށް އެކައުންޓެއް ބްލޮކްކޮށްފި ނަމަ، އެކަން ހުށަހަޅައި އެކައުންޓް އިޔާދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އާ ފީޗާ ޓެސްޓްކުރަން ފެށިކަން އަންގާރަ ދުވަހު އިއުލާން ކުރިޔަސް އެ އާންމުކޮށް ބޭނުން ކުރަން ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

ޓްވިޓާ އަކީ ސޯޝަކލް ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 330 މިލިއަނަށް ވުރެ ގިނަ އެވެ.