Roadha Mihaaru
ރާއްޖެއާއެކު ގާތުން މަސައްކަތްކުރަން ޗައިނާ ތައްޔާރު

ރާއްޖެއާ އެކު މަތީ ފެންވަރުގެ މުއާމަލާތުތައް ކުރަން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު

14 ސެޕްޓެމްބަރ 2021

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން މުސްތަގުބަލުގައި ވެސް އިތުރަށް ބަދަހިވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން މުސްތަގުބަލުގައި ވެސް އިތުރަށް ބަދަހިވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

"މިހާރު" އިން ލިޔުމުން ފޮނުވި ސުވާލުތަކަކަށް ދެއްވި ޖަވާބުތަކެއްގައި އޭނާ މިދިޔަ ހަފުތާގައި ވިދާޅުވީ ފަަހަކަށް އައިސް ދެ ގައުމުގެ ގުޅުން ބަދަހިވަމުން އައީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. ޗައިނާ އިން ކުރިއަށް ގެންދާ "ބެލްޓް އެންޑް ރޯޑް" ފްރޭމްވޯކްްގެ ތެރޭގައި ހިމެނޭ ދެ ގައުމަށް ފައިދާ ހުރި ހުރިހާ ދާއިރާއަކުން ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ކުރިއަށް ވުރެ ބަދަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ސަބަބުން ދިވެހިންނަށް މިހާތަނަށް ވެފައިވާ ބައެއް ފައިދާތަކުގެ ގޮތުގައި ވާންގް ދެއްކެވީ ސިނަމާލެ ބްރިޖާއި ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެވެ. ބްރިޖްގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ފަސޭހައެއް ވެފައިވާ ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއާއެކު މީހުންގެ ދިރިއުޅުމުގެ ހާލަތަށްް ހެޔޮ ބަދަލެއް އައިސްފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެރިކަމަކީ ވެސް ސަފީރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން ރަނގަޅުކަމުގެ ހެއްކެކެވެ.

"މިހާރު އޮތް ގުޅުމާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އަދި މުސްތަގުބަލުގައި ގުޅުން އިތުރަށް ބަދަހިވެ ތަރައްގީވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބަ އޮތް،" ސަފީރު ވިދާޅުވި އެވެ.

އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ސަފީރު ވިދާޅުވީ އެކަން ކުލަގަދަކޮށް ފާހަގަކުރަން ހަރަކާތްތައް، ހިންގަން ޗައިނާ އިން ބޭނުންވާ ކަމަށެވެ.

"މުސްތަގްބަލަށް ބަލާ ނަމަ، މަތީ ފެންވަރުގައި ކުރާ މުއާމަލާތުތައް އިތުރު ކުރުމަށްޓަކައި، އަދި ޕްރެކްޓިކަލް ގޮތެއްގައި އެ ކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ގާތުން މަސައްކަތް ކުރަން ޗަައިނާ އޮތީ ތައްޔާރަށް،" ވާންގް ވިދާޅުވި އެވެ.

ރާއްޖެ އަށް ފުރަަތަމަ ވަޑައިގެންނެވުމުން ކުރެއްވުމުން ކުރެއްވުމުނު އިހުސާސަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވާންގް ވިދާޅުވީ ރާއްޖޭގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަކީ ލިބިވައިގެންނެވި ޝަރަފެއް ކަމަށެވެ. މިއީ ރާއްޖެ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ވާއިރު، ފުރަތަމަ ވެސް މާލެ ސަރަހައްދުގެ ރީތިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.