30 ނޮވެމްބަރ 2016
ވޮޝިންޓަން (ނޮވެމްބަރު 30) - އީރާނާ އެކު ގާއިމްކޮށްފައިވާ ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން އިންޒާރު ދެއްވައިފި އެވެ.
ވޮޝިންޓަން (ނޮވެމްބަރު 30) - އީރާނާ އެކު ގާއިމްކޮށްފައިވާ ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން އިންޒާރު ދެއްވައިފި އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ބްރެނަން ވަނީ ރަޝިޔާއާ މާ ގާތްވެގެން މަސައްކަތް ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ސީރިއާ އަށް މިހާރު ދޭ ވައިގެ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ވެސް ރަޝިޔާ ކަމަށް ވިދާޅުވި އެވެ.
ބްރެނަން ވިދާޅުވީ އެއް ސަރުކާރުން ގާއިމްކޮށްފައިވާ އެއްބަސްވުމެއް ދެން އަންނަ ސަރުކާރަކުން އުވާލުމަކީ ވެސް އުސޫލެއްގެ ގޮތުން ކަންއޮންނަ ގޮތް ނޫން ކަމަށެވެ.
ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ސިޔާސަތަކަށް ހަދާފައި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް ތާއީދު ކުރުމެވެ. ސީއައިއޭގެ ޑިރެކްޓަރު ވިދާޅުވީ އެމެރިކާގެ އެ ސިޔާސަތު ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ.
ޓްރަމްޕް ވަނީ އޭނާގެ ސަރުކާރުން ރަޝިޔާއާ އެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ބްރެނަން ވިދާޅުވީ އެމެރިކާގެ ވެރިކަމާ ހަވާލުވާނެ ޓީމާ ބައްދަލުކޮށް ސީއައިއޭގެ ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު އަދި ލިބިފައިނުވާ ކަމަށެވެ. އަދި ސީއައިއޭއާ ހަވާލުވާ އާ ޓީމުން ބަސްމަގު ރަނގަޅުކޮށް "އަޚުލާގު" ރަނގަޅު ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަތަރު އަހަރަަށް ފަހު ސީއައިއޭގެ ޑިރެކްޓަރުކަމުގެ މަގާމުން ބްރެނަން ޖެނުއަރީ މަހު ވަކިވާނެ އެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ
"ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ނަތީޖާ ހިތިވާނެ"
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި
ނިއުކްލިއާ އެއްބަސްވުމާ މެދު ޓްރަމްޕުގެ ނިންމެވުމާ ދުނިޔެ ދެކޮޅު
ވައިޓް ހައުސްއަށް ނުރައްކަލަކަށްވި މީހަކު ހައްޔަރުކޮށްފި
ޓްރަމްޕާ އެކު އީރާނާއި އެމެރިކާ އަނެއްކާ ވެސް ކޯޅުމަކަށް!
ނިއުކްލިއާ މުއާހަދާއާ މެދު އިތުރު މަޝްވަރާއެއް ނެތް
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި