05 ސެޕްޓެމްބަރ 2021
ރާއްޖެ ވަޑައިގަތުން ލަސްވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގޮތަށް ބޭނުންފުޅުވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ވަޑައިގަތުން ލަސްވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގޮތަށް ބޭނުންފުޅުވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އަވަހާރަ ކޮށްލަން މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ބޭރަށް ވަޑައިގެންނެވި ގޮތަށް އެނބުރި ރާއްޖެ ވަޑައިނުގެންނެވޭ ސަބަބުތަކެއް އެބަހުރި ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުން ނަޝީދަށް ހުރަސް އެޅުން ހިމެނޭ ކަމަށް އެ މަނިކުފާނުގެ ބައެއް އަރިސް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
އެކަމަކު ނަޝީދު އެންމެ ފަހުން ވިދާޅުވީ މާލެ ވަޑައިނުގެންނެވޭ މުހިއްމު ދެ ސަބަބަކީ އެ މަނިކުފާނުގެ ފުރާނަފުޅަށް އަދިވެސް ނުރައްކާ އޮތުމާއި ފަރުވާގެ ކަންކަން އަދި ނުނިމުމެވެ.
ހަމަލާއަށް ފަހު ފުރަތަމަ ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދު މިއަދު ވިދާޅުވީ އެ މަނިކުފާނު އިނގިރޭސި ވިލާތުގައި ހުންނެވީ ސަރުކާރުން އެގޮތަށް އެދޭތީ ނޫން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނީ މާލޭގައި ހުންނަވައި އެކުގައި "ސައިފޮދު ހިއްޕަވައި ހީ ސަމާސާ ކުރައްވަން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ދެރަވޭ ރާއްޖެ ނުދެވޭތީ، އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި ހުންނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކޮންމެ ތިން ހަފުތާއަކުން އެއް ފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ. ކުރިން އުއްމީދު ކުރެއްވީ މި ސެޕްޓެމްބަރު މަސް ނިމޭއިރު މާލެ ހުންނަވަން ކަމަށާއި އެކަމަކު އެ ތާރީހުގައި މިހާރު ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ހަމަލާގެ ތަހުގީގު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. އެ ގާބިލުކަން ފުލުހުންގެ އޮތް ކަމަށާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިތުބާރު އޮތް ކަމަށް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ނަޝީދު އިސްވެ ހުންނަވައި ކުރައްވާ މަސައްކަތްޕުޅާ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.
ގުޅިފައިވާ ޕާޓީތަކުން މި ވެރިކަން އެކުލަވާލި އިރު އެއްބަސްވި ގޮތާ ގުޅޭ ގޮތުން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވި އިރު ބަރުލަމާނީ ނިޒާމަކަށް ބަދަލުވުން މެނިފެސްޓޯގައި އޮތް ކަމަށެވެ. އިންތިހާބު ބާއްވަން ކައިރިވިއިރު އެ މަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ހަނިކޮށްފައި އޮތުމާ އެކު އެދިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވުމަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން ވަނީ ފެންނަ ނުފެންނަ ވޯޓަކަށް އެއްބަސްވެފަ އެވެ. މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީން ވެސް އިންކާރު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ޖޭޕީ ފިޔަވައި އެހެން ޕާޓީތަކުން ފެންނަ ނުފެންނަ ވޯޓަކަށް އެއްބަސްވި ކަމަށް ނަޝީދު ވިދާޅުވިއިރު، ގުޅިފައިވާ ޕާޓީގެ މެނިފެސްޓޯ އިއުލާންކުރިއިރު ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގެ ވާހަކައެއް ނުވަތަ އެކަމަށް މަގު ފަހިކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ވާހަކައެއް ނެތެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އެ ވާހަކަ ހިމެނިއަސް ގުޅިފައިވާ ޕާޓީތަކުން އެކަމަށް އެއްބަސްނުވުމުން އެބައި އުނިކުރީ އެވެ.
އެމްޑީޕީ ވެސް އެއްބަސްވެ މި ސަރުކާރުން އަމަލުކުރަމުން އަންނަނީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި
"ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ"
ރާއްޖެ މިއައީ ތިން ދުވަހުން ފުރާކަށް ނޫން: ނަޝީދު
ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް
ނަޝީދުގެ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ
މިވަގުތު ރާއްޖެ ދެވޭކަށް ނެތް: ނަޝީދު
ނަޝީދުގެ ވަކީލުން އިކްރާމަށް ރައްދުދީފި
ނަޝީދު ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް