Roadha Mihaaru
އެންމެ ގިނަ ވަކީލުން ހަމަޖެއްސީ ކުޑަކުދިންނަށް

ދައުލަތުން އެންމެ ގިނަަ ވަކީލުން ހަމަޖައްސައިދިނީ ކުޑަކުދިންނަށް

04 ސެޕްޓެމްބަރ 2021

އެކިއެކި ކުށްކުށުގެ ތުހުމަތުވާ މީހުންގެ ތެރެއިން ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ގާބިލުކަން ނެތުމުން، ދައުލަތުން ވަކީލަކު ހަމަޖައްސައިދޭ އުސޫލުގެ ދަށުން މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ވަކީލުން ހަމަޖައްސައި ދިނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ތަފާސްްހިސާބުތަކުން ދައްކައިފި އެވެ.

އެކިއެކި ކުށްކުށުގެ ތުހުމަތުވާ މީހުންގެ ތެރެއިން ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ގާބިލުކަން ނެތުމުން، ދައުލަތުން ވަކީލަކު ހަމަޖައްސައިދޭ އުސޫލުގެ ދަށުން މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ވަކީލުން ހަމަޖައްސައި ދިނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ތަފާސްްހިސާބުތަކުން ދައްކައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަަށް މަސް ދުވަހުގެ ތެރޭގައި 140 މީހަކަށް ދައުލަތުން ވަކީލުން ހަަޖައްސައިދިނެވެ. އެއީ 74 ކުޑަކުދިންނާއި 64 ބޮޑެތި މީހުންނަށެވެ.

ވަކީލުން އައްޔަން ކޮށްދިން ބޮޑެތި މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 31-50 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރާގެ 31 މީހަކަށް ދައުލަތުން ވަކީލުން ހަމަޖައްސައި ދިނެވެ. ދެވަނަ އަށް އެންމެ ގިނައީ އުމުރުން 18-30 އަހަރާ ދެމެދުގެ މީހުންނެވެ. ދައުލަތުން ވަކީލުން ހަމަޖައްސައި ދިން މީހުންގެ ތެރޭގައި އެންމެ މަދީ އުމުރުން 51 އަހަރުން މަތީގެ މީހުންނެވެ. އެ އުމުރުގެ މީހުންގެ ތެރެއިން ވަކީލުން ހަމަޖައްސައި ދިނީ އެންމެ ހަތް މީހަކަށެވެ.

އޭޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުން ވަކީލުން ހަމަޖައްސައިދިން ކުދިންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކުގެ ތުހުމަތުވާ ކުދިންނެވެ. އަދި ދެވަނަަ އަށް އެންމެ ގިނަ ކުދިންނަށް ތުހުމަތު ކުރެވެނީ މާރާމާރީ އާއި މީހުންނަށް އަނިޔާދިނުމުގެ ކުށްތަކުގަ އެވެ.

އަށް މަސްދުވަހުގެ ތެރޭގައި ދައުލަތުން އެންމެ ގިނަ ވަކީލުން ހަމަޖައްސައިދޭން ޖެހުނީ ކުޑަކުދިންނަށް ކަމަށް ވުމުން ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. ޖިންސީ އަނިޔާ ލިބޭ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ފެމިލީ ލީގަލް ކްލިނިކްގެ ކޯ ފައުންޑަރު ޝަފީއާ ރިޒާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށްކުރާ ކުޑަކުދިން އިތުރުވަމުން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އޭނާގެ ޓްވީޓަށް ޖަވާބު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ވަކީލުން ހަމަޖައްސައިދޭން ޖެހުނު ކުދިންގެ އަދަދު އިތުރުވީ ކުށްކުރާ ކުދިން ގިނަވުމުގެ ސަބަބުން ކަމަށް ނުވެދާނެ ކަަމަށެވެ. އެއީ ކުޑަކުދިންނަށް ވަކީލުން ހަމަޖައްސައިދިނުމަކީ ދައުލަތަށް ލާޒިމު ކަމަށް ވުމުން ވީ ގޮތެއް ކަމަށް ވެދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.