28 ނޮވެމްބަރ 2016
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުންނާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނައިބު ލީޑަރު ކަމުން އަލީ ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުންނާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނައިބު ލީޑަރު ކަމުން އަލީ ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ، އެ ދެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ގައުމެއްގެ ހިމާޔަތުގައި ހުންނަވައި، އިތުރަށް މަގާމު ދެމެހެއްޓުމަށް ވުރެ، ޕާޓީ އާއި ރާއްޖޭގެ ހާލަތަށް ބަލައި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އެ ޕާޓީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދަވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގަ އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނަވައި، ޕާޓީގެ މެމްބަރުންނަށް ހިދުމަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތަކީ، ސިޔާސީ ހަޔާތުގައި ލިބިވަޑައިގަތް އެންމެ އުފާވެރި އެއް ވަގުތެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން ހިންގުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަވައި، ޕާޓީ ކުރިއަރުން އަލީ ވަހީދު މަސައްކަތް ކުރެއްވީ ހިތްވަރާއި ޖޯޝާއި ފޯރިއާ އެކުގައި ކަމަށެވެ. އަދި އަލީ ވަހީދުގެ ހިދުމަތް އެމްޑީޕީ އަށް އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ފޮނުވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދައުވާކުރަނީ މެއި 1 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ.
"ސިކުންތުކޮޅެއްގެ ތެރޭ ގައުމީ ކެންޑިޑޭޓެއް ހޯދިދާނެ"
ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވާނަން: އެމްޔޫއޯ
ފުރަތަމަ ނަތީޖާއިން ހަސަނަށް 14،457 ވޯޓު
މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު
ޕާޓީން އަޅުގަނޑު ނޫން ކެންޑިޑޭޓެއް ނުނެރޭނެ: ނަޝީދު
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކޮށްފި
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
"މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު މުހިއްމު"
ނަޝީދު ލަންކާއިން ފުރާވަޑައިގެންފި
ކުރީގެ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފި