Roadha Mihaaru
އޮފީސް އިމާރާތެއްގެ ތިން ފްލޯއަކުން ވައްކަންކޮށްފި

އޮފީސް އިމާރާތެއްގެ ތިން ފްލޯއަކުން ވައްކަންކޮށްފި

20 އޯގަސްޓް 2021

އަމިއްލަ އޮފީސްތަކެއް ހިންގަމުން އަންނަ ހ. ސޮނާރީގެ ތިން ފްލޯއަކުން މިއަދު ވައްކަން ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމިއްލަ އޮފީސްތަކެއް ހިންގަމުން އަންނަ ހ. ސޮނާރީގެ ތިން ފްލޯއަކުން މިއަދު ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އެ އިމާރާތުގެ ތިން ވަނަ ފްލޯ އާއި ފަސް ވަނަ ފްލޯ އާއި ހަ ވަނަ ފްލޯއިން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:45 ގައި ކަމަށެވެ.

މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ ސްކައި ޓުއާސް ހިންގަނީ އެ އިމާރާތުގެ ހަ ވަނަ ފުލޯގަ އެވެ. އެތަނުގެ އިތުރުން ބައެއް އޭވިއޭޝަން އޮފީސްތައް ވެސް އެ އިމާރާތުގައި ހިންގަ އެވެ.

ވަގަށް ނެގި ތަކެއްޗާ ބެހޭ މައުލޫމާތެއް އަދި ނޭނގެ އެވެ. ނަމަވެސް ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނު ވަގަށް ނަގާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.