Roadha Mihaaru

އަޅުގަނޑަކީ އަފްޣާނިސްތާނުގެ ރައްޔިތެއް ނަމަ ބައިޑަން އަށް މާފެއް ނުކުރާނަން: ވަހީދު

19 އޯގަސްޓް 2021

އަފްޣާނިސްތާނުގެ ރައްޔިތެއް ނަމަ ނަމަ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް މާފު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސްް މުހައްމަދު ވަހީދު އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަފްޣާނިސްތާނުގެ ރައްޔިތެއް ނަމަ ނަމަ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް މާފު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސްް މުހައްމަދު ވަހީދު އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

އދ .ގެ ފަރާތުން އަފްޣާނިސްތާނުގައި ތިން އަހަރު މަަސައްކަތްޕުޅު ކުރެއްވި ޑރ. ވަހީދު "މިހާރު"ގެ "މެދުސަފްހާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އަފްޣާނިސްތާނުން އެމެރިކާގެ ލަޝްކަރުތައް އެހާ ކުއްލި ގޮތަކަށް ބޭލުން އެއީ އުމުރަށް ވެސް ބައިޑަން ހިތާމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

އދ. ގެ ފަރާތުން ވަހީދު އަފްޣާނިސްތާނަށް ވަޑައިގެންނެވީ ތާލިބާނުންގެ ފުރަތަަމަ ވެރިކަން، އެމެރިކާ އިސްވެ އޮވެ، 2001 ވަނަ އަހަރު ވައްޓައިލުމަށް ފަހު، އާ ސަރުކާރެއް އުފެއްދި ދުވަސްވަރުގަ އެވެ. އެ މަނިކުފާނާ އދ. އިން ހަވާލުކުރި މަސައްކަތަކީ އެ ގައުމުގެ ތައުލީމީ ނިޒާމު ހަމައަަކަށް އަަޅުވައި އަލުން އާރާސްތުކުރުމެެވެ.

ޑރ. ވަހީދު ވިދާާޅުވި ގޮތުގައި އެމެރިކާއަކީ ލިބަރަލް ޑިމޮކްރަސީ ފެތުރުމުގެ ޗެމްޕިއަނުން ކަމަށް ވިޔަސް، އެ މަސައްކަތް ކުރަން އެ ގައުމަށް މުހިއްމު ވަނީ މާލީ ނުވަތަ އަސްކަރީ މަސްލަހަތު އޮންނަ ހާލަތުގަ އެވެ. އެފަދަ މަސްލަހަތެއް ނެތިއްޖިއްޔާ އިންސާނީ ހައްގުތައް ވެސް އެ ގައުމަށް އެހާ މުހިއްމު ކަމަކަށް ނުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވަހީދު "މިހާރު" ގެ "މެދުސަފްހާ" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ރައީސް ވަހީދު "މިހާރު" ގެ "މެދުސަފްހާ" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިއަދު އަފްޣާނިސްތާނުގެ ނިކަމެތިންނާއި ފަގީރުންނާއި އަންހެނުންގެ ހައްގުތައް [އެމެރިކާ އަށް] އެހާ މުހިއްމު ކަމަކަށް ނުވި. އެހެން ނަމަ އެހާ ކުއްލިގޮތަކަށް ފައިބައިގެނެއް ނުދިޔައީސް. ދެން މީގައި އިނގޭތޯ އަޅުގަނޑު މިއީ އަފްޣާން ރައްޔިތެއް ނަމަ އަޅުގަނޑު ދުވަހަކު ވެސް ޕްރެޒިޑެންޓް ބައިޑަން އަކަށް މައާފެއް ނުކުރާނަަން،" ޑރ. ވަހީދު ވިދާޅުވި އެވެ.

އެމެރިކާ އިން ކުއްލިއަކަށް އަފްޣާނިސްތާނުން ފޭބިފޭބުމަށް މިހާ ބޮޑަށް ފާޑުވިދާޅުވި އިރު، ޑރ. ވަހީދަކީ އެމެރިކާއާ ވަރަށް ގާތް ގުޅުމެެއް ވެސް އޮންނަ ބޭފުޅެކެވެ. އެ މަނިކުފާނު ވިދާޅުވީ އެމެރިކާގެ ރައީސްގެ އެ ނިންމެވުމަކީ އުމުރަށް ވެސް ހިތާމަ ކުރައްވާނެ ނިންމުމެއް ކަމަށާއި ގިނަ ބަޔަކަށް އެކަމުގެ އަސަރުކުރާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ މުޅި ކޮންޓްރޯލް ތާލިބާނުން އަތުލީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން އަފްޣާނިސްތާނު ދޫކޮށްފައި ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ދެތިން މަހެއްގެ ތެރޭގައި ބޮޑެތި ހުރިހާ ސިޓީތަކުގެ ކޮންޓްރޯލް އަތުލުމަށް ފަހު ތާލިބާނުން ކާބުލް ހިފީ މިދިޔަ ހޯމަ ދުވަހު އެވެ.

އަފްޣާނިސްތާނަކީ 32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.