18 އޯގަސްޓް 2021
ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން އައިސްފައިވީ ނަމަވެސް މޫޑީސް އިން ރޭޓިން ދަށްކުރީ އެ ކަންކަމަށް ނުބަލައި ކަމަށަ ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން އައިސްފައިވީ ނަމަވެސް މޫޑީސް އިން ރޭޓިން ދަށްކުރީ އެ ކަންކަމަށް ނުބަލައި ކަމަށަ ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ ރާއްޖޭގެ ދަރަނި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށާއި ދަރަނި ދެއްކުން ލަސްވާނެ ކަމަށް ލަފާކޮށް މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. އެ އެޖެންސީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވި ނަމަވެސް ދަރަނި އަދާކުރުމުގައި ލަސްތަކެއް ދިމާވާނެ އެވެ.
މޫޑީސްގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރުގެ ދަރަނި އަދާނުކުރެވޭނެ ވަރުގެ ހާލަތެއް އަދި ދިމާ ނުވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ދަރަނި ދެއްކުމުގައި ލަސް ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން ބުނިގޮތުގައި، ކޮވިޑް-19ގެ އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި 100 ޕަސެންޓުން މައްޗަށް އުފުލުނަސް އެ އަދަދު މިހާރު ތިރިކުރެވިއްޖެ އެވެ. އަދި މިހާތަނަށް އެއްވެސް ލޯނެއް ޑިފޯލްޓް ނުވެ ދެއްކުނު އިރު، ކުރިމަގުގައި ވެސް އެކަން ކުރެވޭނެ ކަމަށް ބަޔާނުގައި ވެ އެވެ.
މޫޑީސް އިން ރާއްޖޭގެ އައުޓްލުކް ނެގެޓިވް އިން ސްޓޭބަލް އަށް ބަދަލު ކޮށްފައިވާއިރު، މިއީ ދަރަނި އަދާކުރަން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެ އެޖެންސީން ވެސް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ރޭޓިން އެންމެ ފަހުން މޫޑީސް އިން ބަދަލުކުރީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އެ ދުވަސްކޮޅު ރާއްޖޭގެ ޓޫރިޒަަމް ހުއްޓިފައި އޮތުމުން މޫޑީސް އިން ދިނީ ނެގެޓިވް އައުޓްލުކަކާއެކު "ބީ3" ގެ ރޭޓިން އެކެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
މޫޑީސްގެ އިންޒާރެއް: ދަރަންޏާ ހެދި ލޯނު ނުލިބިދާނެ!
ޓޫރިޒަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ: ފިޗް
ފިޗް އިން މިފަހަރު ވެސް ރާއްޖެއަށް ދިނީ "ބީ ޕްލަސް"
ފުރަތަމަ ކްރެޑިޓް ރޭޓިން: ދަރަނި ބޮޑަސް ދެއްކޭނެ
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު