18 އޯގަސްޓް 2021
އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރެވޭނެ އުސޫލެއް ހިމެނޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރެވޭނެ އުސޫލެއް ހިމެނޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ބިލުގައިވާ އެއް ހުށަހެޅުމަކީ އެ ގާނޫނުގެ (4) ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ހަތަރު އަކުރު އިތުރު ކުރުމެވެ. އިތުރު ކުރަން ހުށަހާފައިވާ ފުރަތަމަ އަކުރުގައި އޮތީ ކައުންސިލަކަށް އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުން ހުއްދަ ކުރުމަށެވެ.
އިތުރު ކުރަން ހުށަހަޅާފައިވާ ދެވަނަ އަކުރުގައި އޮތީ އެއް ކައުންސިލުން އަނެއް ކައުންސިލަށް ދޫކުރާ ލޯނު ނުދައްކައިފި ނަމަ، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ އަނބުރާ ހޯދާނެ ގޮތެކެވެ. އެގޮތުން ހުށަހަޅާފައި ވަނީ ކައުންސިލްތަކަށް ފައިސާ ދޫކުރާ އިރު، ލޯނު ނުދެއްކި ކައުންސިލްގެ ފައިސާ އިން، ލޯނަށް ދައްކަން ޖެހޭ ބައި އުނިކޮށް، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ ދިނުމަށެވެ.
ބިލުގައި އޮތް ގޮތުން ކައުންސިލަކުން އެހެން ކައުންސިލަކަށް ލޯނު ދޫކުރާ ނަމަ އެ މުއާމަލާތުގެ ހުރިހާ ތަފުސީލެއް ފިނޭންސް މިނިސްޓްރީ އަށް ދޭން ޖެހޭނެ އެވެ. އެ މައުލޫމާތު ދޭނެ ގަވައިދެއް، މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވައިލަން ވެސް ބިލުގައި ވެ އެވެ.
އެކަމަކު ކައުންސިލަކުން ދަރަންޏަށް ފައިސާ ނަގާ ނަަމަ، އެގޮތަށް ފައިސާ ނަަގަން ފާސްކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި ހިމަނަން ވެސް ބިލުގައި އެބަ އޮތެވެ. ފައިސާ ނަަގަން ބޭނުންވާ ލިޔެކިޔުންތައް ވެސް ތައްޔާރުކުރަން ޖެހޭނީ ބިލް ފާސްކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން ހަދާ ގަވައިދަކާ އެއްގޮތަށެވެ.
ބިލަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވިގޮތުގައި، ލޯނު ނަގަން ފިނޭންސުން ހުއްދަ ދޭ ގޮތަށް އޮންނަ ނަމަ، އެ މިނިސްޓްރީން އެކަމަށް ހޭދަކުރެވޭނީ ގިނަވެގެން ކިހާ ވަގުތެއްކަން ވެސް ކަނޑައަޅަން ޖެހެ އެވެ.
"އަޅުގަނޑުމެން ލާާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި އިރު ވެސް، ލޭންޑް ޔޫޒް ޕްލޭނަށް ވެސް ވަކި ޓައިމް ޕީރިއަޑެއް އޮންނާނެ ލާފައި. އެހެންވީމާ ރާއްޖޭގެ 200 އަށް ވުރެ ގިނަ ކައުންސިލުން މި ކަހަލަ، އެކި ލޯނަށް އެދި އަންނަން ފަށައިފި ކަމަށް ވަންޏާ ފިނޭންސްގައި އޭގެ ބެކްލޮގް ވަރަށް ގިނަ ވެދާނެ،" އިލްޔާސް ވިދާާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީގައި ބިލު ދިރާސާކުރާ އިރު، ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަމަށް ޓައިމް ފްރޭމެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
ބިިލު ހުށަހެޅުއްވުމަށް ފަހު އިބްތިދާއީ ބަހުސްގައި ޔައުގޫބް ވިދާޅުވީ، އެމްޑީޕީން ވައުދުވެފައި ވާނީ ލޯކަލް ކައުލްސިލްތައް ބާރުވެރިކުރުވަން ކަމަށާއި ވައުދުވީ ދެ ގޮތަކަށް ބާރުވެރިކުރުވަން ކަމަށެވެ. އެއްގޮތަކީ އޭނާ ވިދާޅުވިގޮތުގައި ކައުންސިލްތައް އިދާރީ ގޮތުން ބާރުވެރިކުރުވުމެވެ. އަނެއް ގޮތަކީ މާލީ ގޮތުން ކައުންސިލްްތައް ބާރުވެރިކުރުވުމެވެ.
"މިއަދު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން،" ޔައުގޫބް ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ފާސްވުމުން ކަައުންސިލްތައް އެތައް ގުނައަކަށް ބާރުވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ލޯނު ނަގާ އިސްލާހަށް ކަންބޮޑުވުންތަކެއް
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ކައުންސިލްތަކާ މެދު އެލްޖީއޭގެ ގިނަ ޝަކުވާތަކެއް
ވަގުތީ ކައުންސިލްގެ ބާރު ބޭނުންކުރަން ޚާއްސަ އުސޫލެއް
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
އާބަން ޑިވެލޮޕްމަންޓު ބިލްގެ ނަތީޖާއަކީ ކޮބާ؟
ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަން ފާސްކޮށްފި
އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވަން އިސްލާހެއް
ބަޔާން ބާތިލްކުރުމުން އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ