Roadha Mihaaru
މައުމޫން ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި

ކައުންސިލްގެ ނިންމުން ބާތިލްކުރަން މައުމޫން ހުށަހެޅިި މައްސަލަ ބޭރު ކޮށްލައިފި

27 ނޮވެމްބަރ 2016

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން އެ ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލްކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން އެ ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލްކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމަކާ އެކު ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބާއްވައި، ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ކައުންސިލްގެ އެ ނިންމުން ބާތިލްކުރަން މައުމޫންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގަނެފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމްކޮށް، މައްސަލަ ބޭރުކޮށްލީ އެ މައްސަލައަކީ އެ ކޯޓުން ގޮތެއް ނިންމާފައިވާ މައްސަލައެއް ކަމަށް ބުނެ އެވެ.

ކޯޓުގެ ހުކުމުގައިވަނީ ކައުންސިލްގެ ނިންމުން ބާތިލް ކުރަން މައުމޫން ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ ކަންކަމަކީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކުރިން ކުރި ހުކުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާތީ އެ މައްސަލަ އަލުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައިގަތީ ވެސް ކޯޓުގެ އިހްތިސާސްގެ ބޭރުން ކަމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވެ އެވެ.

ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައިވާ އިރު ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލުން ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވެންދެން އެ ޕާޓީ ހިންގަވާނީ ރައީސް ޔާމީން ކަމަށެވެ. އެކަމަކު މައުމޫންގެ ފެކްޝަނުން އެ ނިންމުން ގަބޫލެއް ނުކުރެ އެވެ.