ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
04 އޯގަސްޓް 2021
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
ލ. ފޮނަދޫގައި އާއިލާއާއެކު ދިރިއުޅުއްވާ މަސްއޫދު "މިހާރު" އަށް މިއަދު ވިދާޅުވީ، ހަމަލަދިނީ އަނބިކަނބަލުންނާއެކު ރަށުގެ ބޯޅަދަނޑު ކައިރިން ސައިކަލްގައި ރޭ ނުވައެއް ޖަހާކަންހާއިރު ވަޑައިގަންނަވަނިކޮށް ކަމަށެވެ.
މަސްއޫދުގެ ކާރުގައި ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި ރޭ ހަމަލަދިނީ ވެސް ކާރު ރޯކޮށްލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް އެބަގެންދެ އެވެ.
"އަންހެނުންނާއެކު ސައިކަލްގައި ދަނިކޮށް، އަންހެނުން ބުނެފި އެ މީހާ އަޑުގަދަ ކުރަމުން ފަހަތުން އެބައާދެއޭ. އެ ހިސާބުން އަހަރެން ބުނިން ފޯނުން ވީޑިއޯ ކުރާށޭ. އަހަރެންގެ ސައިކަލާ އަރާ ހަމަކޮށްފައި އޭނާގެ އަތުގައި އޮތް ދަގަނޑުބުރިއަކުން ބޮލުގައި ޖަހަން ދިމާކުރިތަނާ ދިފާއުވާން އަތް ނެގީމާ އަހަރެންގެ އަތުގައި ޖެހުނީ،" މަސްއޫދު ވިދާޅުވި އެވެ.
މި ހާދިސާގައި އޭނާގެ އަތް ފަޅައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު މިހާރު ހާލު ރަނގަޅު ކަމަށް މަސްއޫދު ވިދާޅުވި އެވެ.
އަހަރެންނަށް ރަށުން ފުރައިގެން ވެސް ދެވިދާނެ. އެކަމަކު އަހަރެންގެ ވިޔަފާރި އާއި މުވައްޒަފުން މި ތަނުގައި އެބަތިބި. މާދަމާ އަހަރެންގެ މުދާތަކަށާއި މުވައްޒަފުންނަށް ދީފާނެ ގެއްލުމަކުން އަދި ސަލާމަތެއް ނުވޭ ފުރައިގެން ދިޔަކަސް."--- މަސްއޫދު
އޭނާ އަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑީއޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، ހަމަލަދޭ ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން އަޑުގަދަ ކުރައްވާ އަޑު ވެސް އިވެ އެވެ.
ފުލުހުން މިއަދު ބުނީ ދަގަނޑު ބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 9:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 2:20 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
DhiFm Ge Kureege CEO Masood Ah Hamalaa Dhee Zahamkohlaifi
— #MvCrisis (@MvCrisis) August 3, 2021
Ithuru mauloomaathu: https://t.co/W6ScdKn44u pic.twitter.com/X78bfw3jov
މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ
މަސްއޫދު ވިދާޅުވިގޮތުގައި އެ މީހާ ވަނީ އޭނާ އާއި އަނބިކަނބަލުންނަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިންޒާރު ދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ދެ ފަހަރަށް އޭނާ އަށް އިންޒާރު ދީފައިވާއިރު، ފޮނަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނިމުނީ ސާބިތު ނުވެގެންނެވެ.
"މިހާރު ރަށުގައި އުޅެން ޖެހިފައި މި އޮތީ މި ބިރުވެރިކަމުގެ ތެރޭގައި. މަގުމަތިން ފެންނަ ފަހަރަކު އޭނާ އިންޒާރު ނުދޭ ފަހަރެއް މަދުވާނެ. އެންމެ ފަހުން އަހަރެންނަށް ހަމަލަދޭ ހިސާބަށް ދިޔައީމާ އިތުރަށް ސީރިއަސް ހިސާބަކަށް މި ދިޔައީ. ކާރުގައި ރޯކުރި މައްސަލަ އަދިވެސް ނުނިމޭ،" ކަންބޮޑުވުމާއެކު މަސްއޫދު ވިދާޅުވި އެވެ.
"އަހަރެންނަށް ރަށުން ފުރައިގެން ވެސް ދެވިދާނެ. އެކަމަކު އަހަރެންގެ ވިޔަފާރި އާއި މުވައްޒަފުން މި ތަނުގައި އެބަތިބި. މާދަމާ އަހަރެންގެ މުދާތަކަށާއި މުވައްޒަފުންނަށް ދީފާނެ ގެއްލުމަކުން އަދި ސަލާމަތެއް ނުވޭ ފުރައިގެން ދިޔަކަސް."
މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
ގެސްޓްހައުސްގައި މީހަކަށް އަނިޔާކުރި މީހުން ދޫކޮށްލައިފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި