Roadha Mihaaru
އިނގިރޭސިވިލާތުގެ ވިސާ ދޭ ވަގުތީ ސެންޓަރެއް

އިނގިރޭސި ވިލާތުގެ ވިސާ ދޭ ވަގުތީ ސެންޓަރެއް ހުޅުވައިފި

02 އޯގަސްޓް 2021

އިނގިރޭސި ވިލާތުގެ ވިސާ ދިނުމަށް ވަގުތީ ސެންޓަރެއް ފޮރިން މިނިސްޓްރީގައި ގާއިމުކޮށް އެތަނުން ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިނގިރޭސި ވިލާތުގެ ވިސާ ދިނުމަށް ވަގުތީ ސެންޓަރެއް ފޮރިން މިނިސްޓްރީގައި ގާއިމުކޮށް އެތަނުން ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ވަގުތީ ސެންޓަރުން ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ މީހުންގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެ ކަމަށެވެ.

ވިސާ ދިނުމަށް ވަގުތީ ސެންޓަރެއް އިނގިރޭސި ވިލާތުން ހުޅުވާފައި މިވަނީ ދިވެހި ސަރުކާރުން އެދިގެންނެވެ.

މިނިސްޓްރީން ބުނީ އެ ސެެންޓަރުގެ ސަބަބުން، އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށް އަދި ވަކިން ހާއްސަކޮށް މަތީ ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖެހޭނެ ކަމަށެވެ.

އެ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.