01 އޯގަސްޓް 2021
އިޒްރޭލުގެ ބިލިއަނަރަކާ ގުޅުން އޮންނަ، ތެޔޮ އުފުލާ އާގުބޯޓު މާކާ ސްޓްރީޓް އަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ޑްރޯން ހަމަލާއާ ގުޅިގެން، އީރާނާއި އިޒްރޭލުގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެ، ބަދަލު ހިފުމުގެ އިތުރު ކުރިމަތިލުންތަކެއް ހިނގުމުގެ ބިރު އުފެދިއްޖެ އެވެ.
އިޒްރޭލުގެ ބިލިއަނަރަކާ ގުޅުން އޮންނަ، ތެޔޮ އުފުލާ އާގުބޯޓު މާކާ ސްޓްރީޓް އަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ޑްރޯން ހަމަލާއާ ގުޅިގެން، އީރާނާއި އިޒްރޭލުގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެ، ބަދަލު ހިފުމުގެ އިތުރު ކުރިމަތިލުންތަކެއް ހިނގުމުގެ ބިރު އުފެދިއްޖެ އެވެ.
އޮމާންގެ އައްސޭރި ފަށާ ކައިރިން ދަތުރުކުރަނިކޮށް، ޑްރޯން މަތިންދާބޯޓެއް ބޭނުންކޮށްގެން ދިން މި ހަމަލާގައި މާކާ ސްޓްރީޓްގެ ދެ ފަޅުވެރިއަކު މަރުވި އެވެ. އެއީ އިނގިރޭސި ވިލާތުގެ މީހަކާއި ރުމޭނިޔާގެ މީހެކެވެ.
އީރާންގެ ރަސްމީ ޓީވީ ޗެނަލުން ބުނި ގޮތުގައި މާކާ ސްޓްރީޓް އަށް ދިން ހަމަލާއަކީ، ސީރިޔާގައި ތިބި އީރާންގެ ހަނގުރާމަވެރިންނަށް އިޒްރޭލުން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. ސީރިޔާގެ ހިމްސްގެ އަލް ގުސައިރް ސަރަހައްދުގައި އޮންނަ އައްދަބާ އަސްކަރީ ވައިގެ ބަނދަރަށް، އީރާންގެ އަސްކަރީ މަތިންދާބޯޓުތަކުން މިދިޔަ ހަފުތާގައި ދިން ހަމަލާގައި، އީރާން ހަނގުރާމަވެރިންގެ ފަސް މީހަކު މަރުވި އެވެ.
އީރާންގެ ޑްރޯން ހަމަލާ އަމާޒުވި އިރު، މާކާ ސްޓްރީޓް ދަތުރު ކުރަމުން ދިޔައީ، ޓެންޒޭނިޔާގެ ދާރުއްސަލާމް އިން ފުރައިގެން އެމިރޭޓްސްގެ ފުޖައިރާ އަށެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ ލައިބީރިއާ ކުންފުންޏެއްގެ ނެވިކަމުގެ ދަށުންނެވެ.
މާކާ ސްޓްރީޓް އަކީ ޖަޕާނުގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ބޯޓެކެވެ. ނަމަވެސް މިވަގުތު އެ ބޯޓު ދުއްވަމުން އަންނަނީ، އިޒްރޭލުގެ މަހުޖަނެއް ކަމަށްވާ އީޔާލް އޫފޯ ހިންގާ ބައިނަލްއަގުވާމީ މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ޒޮޑިއަކް މެރިޓައިމްގެ ފަރާތުންނެވެ.
ޑްރޯން ހަމަލާއާ ގުޅިގެން، އެ ބޯޓުން އެހީތެރިކަމަށް އެދުމުން، އެބޯޓަށް އެހީތެރިވެދިނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަން އާއި އެމެރިކާގެ އެހެން މަނަވަރެކެވެ.
ތެޔޮ ޓޭންކަރުގެ ފަޅުވެރިން ބުނި ގޮތުގައި އެ ބޯޓަށް ހަމަލާ ދިނުމަށް، ބުރާސްފަތި ދުވަހު ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން ފުރަތަމަ ހަމަލާ ދޭން އުޅުނު ޑްރޯން، ތެޔޮ ޓޭންކަރާ ހަމައަށް ނުފޯރައި އުޅެނިކޮށް ކަނޑު ތެރެއަށް ވެއްޓުނީ އެވެ. ދެ ވަނަ ޑްރޯން އައި ގޮތަށް އައިސް ތެޔޮ ޓޭންކަރުގެ މެދަކާ ހަމައިގައި ޖެހުމާ އެކު ގޮވީ އެވެ.
ބޯޓު ދުއްވާ ކުންފުނިން ބުނި ގޮތުގައި މި ހާދިސާ ހިނގި އިރު ބޯޓުގައި އެއްވެސް ތެލެއް ނުހުންނާނެ އެވެ. އަދި ބޯޓުގައި ޖެހުނު ޑްރޯންގެ ސަބަބުން ބޯޓުގައި އަލިފާން ރޯ ނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ކޮންސިއުލޭޓް ހަމަލާގެ ވާހަކަ އިޒްރޭލުން ދައްކައިފި
އިޒްރޭލު އެމްބަސީތަކަށް އީރާންގެ އިންޒާރެއް
ސީރިއާގެ އީރާން ކޮންސިއުލޭޓަށް ބޮން އަޅައިފި
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު
ހަމަ ހިލާ ގޯލާން ދޫކޮށެއް ނުލާނަން: ނަފްތާލީ
އީރާނުގެ ޑްރޯން ސައިޓަކަށް ހަމަލާ ދިނިން: އިޒްރޭލް
އީރާންގެ ހަނގުރާމަވެރިން ސީރިޔާ ޔުނީފޯމްގައި
އިޒްރޭލުގެ އުދުވާން އީރާނުން ކުށްވެރިކޮށްފި
އީރާނާއި ސީރިއާ އިން ދަނީ އަލިފާނާ ކުޅެމުން: އިޒްރޭލް