Roadha Mihaaru
ކޮވިޑް ބަލީގައި 60 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް ބަލީގައި 60 އަހަރުގެ މީހަކު މަރުވެއްޖެ

24 ޖުލައި 2021

ކޮވިޑަށް ފަރުވާ ހޯދަމުން އައި އުމުރުން 60 އަހަރު މީހަކު ރޭ މަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑަށް ފަރުވާ ހޯދަމުން އައި އުމުރުން 60 އަހަރު މީހަކު ރޭ މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަނިކޮށް ރޭ ދަންވަރު މަރުވީ ދިވެހި ފިރިހެނަކު ކަމަށެވެ.

މި މަރާ އެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 219 އަށް އަރައިފަ އެވެ.

މީގެ ދެ ދުވަސް ކުރިން ވެސް ވަނީ ކޮވިޑް ބަލީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފަ އެވެ. އުމުރުން 80 އަހަރުގެ އެ މީހާ ވެސް މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.

މި ދުވަސްވަރު ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި މަދުވެފައި ވީ ނަމަވެސް، ރަށްރަށުގެ ކޭސްތައް ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ.

ޖުމުލަކޮށް، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން އީދު ބަންދާ ދިމާކޮށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލާ ދަތުރުކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.