23 ޖެނުއަރީ 2022
ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 42 އަހަރުގެ ދިވެއްސަކު ރޭ ނިޔާވެއްޖެ އެވެ.
ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 42 އަހަރުގެ ދިވެއްސަކު ރޭ ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، އެ އަންހެންމީހާ ނިޔާވީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ވަރަށް މައްޗަށް ގޮސްފައިވާއިރު، މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް މި މަހު ވަނީ އިތުރުވެފަ އެވެ. މި މަހުގެ މިހާތަނަށް އެ ބަލީގައި އަށް މީހަކު ނިޔާވެފައިވާއިރު، މިއަދުގެ މަރާ އެކު، މުޅިން ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 270 އަށް އެރީ އެވެ.
ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ ޝިގެއްލާ އާއި ކޮލެރާގައި ނިޔާވި މީހުންނަށް ވުރެ ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.
ކޮވިޑް ބައްޔަށް މި ވަގުތު ވެސް ރާއްޖޭގައި 13،000 އަށް ވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން 48 މީހަކު އެޑްމިޓް ކޮށްގެން މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 37 މީހަކަށް ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު، ހަތް މީހަކު ބާއްވާފައި ވަނީ އައިސީޔޫގަ އެވެ. އަދި ވެންޓިލޭޓަރުގައި ހަތަރު މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް-16) ގައި ފަރުވާދެނީ ނުވަ މީހަކަށެވެ. އައްޑޫ ކޮވިޑް ފެސިލިޓީގައި އެކަކު އަދި ބ. އަތޮޅު ހޮސްޕިޓަލްގައި ވެސް އެކަކު އެޑްމިޓް ކޮށްގެން ފަރުވާދޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑުން ދިފާއުވުމަށް މިހާރު ރާއްޖޭގައި ބޫސްޓަ ޑޯޒް ޖަހަން ވަނީ ފަށައިފަ އެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު 400،000 އާ ގާތްކުރެ އެވެ.
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ކޮވިޑް ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވެއްޖެ
ކޮވިޑްގައި 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ
ކޮވިޑްގައި ދަނގެތިން މީހަކު ނިޔާވެއްޖެ
ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ
ކޮވިޑުގައި މަރުވާ މީހުން ހިނަވާ ގޮތަށް ހަމަޖައްސައިފި
ކޮވިޑް ބަލީގައި 60 އަހަރުގެ މީހަކު މަރުވެއްޖެ
10 ދުވަސް ފަހުން ކޮވިޑް މަރެއް ށ. ފުނަދޫން
ތިން ދުވަސް ފަހުން ކޮވިޑްގެ އިތުރު މަރެއް
ހާލު ސީރިއަސްވި 28 އަހަރުގެ ޒުވާނާ ނިޔާވެއްޖެ