19 ޖުލައި 2021
މުސްލިމުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާ ހިތްހެޔޮ ބަޔަކަށް ވުމަށް، މިއަދުގެ ހައްޖު ޚުޠުބާގައި އިސްލާމީ އުންމަތަށް ގޮވާލައިފި އެވެ.
މުސްލިމުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާ ހިތްހެޔޮ ބަޔަކަށް ވުމަށް، މިއަދުގެ ހައްޖު ޚުޠުބާގައި އިސްލާމީ އުންމަތަށް ގޮވާލައިފި އެވެ.
މިނާގައި ހުންނަ މަސްޖިދު ނަމިރާގައި މެންދުރު ވަގުތުގައި ދެއްވި ހައްޖު ޚުތުބާގައި، އިމާމް އައްޝައިޚް ބަންދަރް ބިން އަބްދުލް އަޒީޒް އަލްބަލީލް، އިސްލާމީ އުންމަތަށް ގޮވައިލެއްވީ، މުސްލިމުންގެ ހިތްތަކުގައި އަނެކުންނާ މެދުގައި އޮތް ނަފްރަތާއި ރުޅިވެރިކަން ހިތްތަކުން ފުހެލުމަށެވެ. އޭގެ ބަދަލުގައި މުސްލިމުން އަބަދުވެސް ވާންވީ އެކަކު އަނެކަކަށް އޯގާތެރިކަމާއި އިހުސާންތެރިކަމާ އެކުގައި މުއާމަލާތު ކުރާ ބަޔަކަށް ކަމަށް ވެސް އިމާމް ވިދާޅުވި އެވެ.
"މާތް ﷲ ވަހީކުރައްވާފައިވަނީ އެކަކު އަނެކަކަށް އިހްސާންތެރިވުމަށް، އަދި އެކަލާނގެ ވޮޑިގެންވަނީ އިހްސާންތެރިންނާ އެކުގައި ކަމަށް. އަދި އިހްސާންތެރިންނަށް ކަނޑައަޅުއްވާފައިވާ ދަރުމަ އާއި ސަވާބުގެ ވާހަކަ ކީރިތި ގުރްއާނުގެ ކިތަންމެ އާޔަތެއްގައި ބަޔާން ކުރައްވާފައިވޭ. އެކަލާނގެއީ އެންމެ ދީލަތިވަންތަ އެންމެ އޯގާވަންތަ ރަސްކަލާނގެ،" އިމާމް ވިދާޅުވި އެވެ.
"ތައުބާގެ ފުރުސަތު އަބަދުވެސް ހުޅުއްވާފައިވުމީ، ﷲގެ އަޅުތަކުންނަށް އެކަލާނގެ އިހްސާންތެރިވެވޮޑިގެންވާ މިންވަރު އަންގައިދޭ ކަމެއް. އަދި އަޅާ ކުރާ ކޮންމެ ހެޔޮ ކަމަކާ އެކު، އެމީހެއްގެ ފާފަ ފުއްސަވައިދެއްވުމަކީ ވެސް އެކަލާނގެ އިހްސާންތެރިކަން."
ﷲ ސުބްހާނަހޫ ވަތައާލާ، އެކަލާނގެ އަޅުތަކުންނަށް އެހާ މަތީ މިންވަރަށް އޯގާތެރިވެވޮޑިގަންނަވާ އިރު، އަޅުގަނޑުމެންނަކީ އެކަކު އަނެކަކާ މެދު ކުރާ އެންމެހައި މުއާމަލާތްތަކުގައި އިހްސާންތެރިވާން ޖެހޭނެ ބައެއް ކަމަށް ވެސް އިމާމް ވިދާޅުވި އެވެ.
"މުސްލިމުންނަކީ އިސްލާމީ ޝަރީއާގައިވާ ގޮތުގެ މަތިން، ކޮންމެ މީހަކަށް ވެސް އޯގާތެރިކަމާ އެކު މުއާމަލާތުކުރަން ޖެހޭ ބައެއް. އޭގެ ތެރޭގައި މައިންބަފައިންނާއި، ދަރިންނާއި އަނބިންނާއި ގާތްތިމާގެ މީހުންނާއި ހާދިމުންނާ މެދުގައި ވެސް މުއާމަލާތު ކުރަންޖެހޭނީ، އިސްލާމީ ޝަރީއާގައި ކަނޑައަޅުއްވާފައިވާ އޯގާތެރިކަމުގެ މިންގަނޑުގެ ތެރޭގައި."
އިމާމްގެ ހުތުބާގައި ވިދާޅުވި ގޮތުގައި، މިބިންމަތީގައި ހިނގާ ނުރަނގަޅު ކަންތައް ހުއްޓުވުމަށްޓަކައި، ކޮންމެ މުސްލިމަކީ ވެސް، އެމުޖްތަމައެއްގެ ގާނޫނުތަކަށް ބޯލަނބާ އަދި އެބައެއްގެ އިޖްތިމާއީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރާ މީހަކަށް ވާންޖެހޭނެ އެވެ. އަދި މުސްލިމުންނަކީ، އެމީހުންގެ މެދުގައި ކުރެވޭ އެންމެހައި މާލީ މުއާމަލާތްތަކުގައި ވެސް މަކަރު ނުހަދައި، އިންސާފުވެރި ގޮތުގައި މުއާމަލާތު ކުރާ ބަޔަކަށް ވެގެން ނޫނީ، އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ފަދަ މުޖްތަމައެއް ބިނާ ނުކުރެވޭނެ އެވެ.
އިމާމް ވިދާޅުވި ގޮތުގައި، ދެދުނިޔޭގައި ކާމިޔާބު މީހަކަށް ވާން އެދޭ ނަމަ، ކޮންމެ މުސްލިމަކު ވެސް، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވާން ޖެހޭނެ އެވެ. އަދި ދިރިއުޅުމުގެ އަމަލީ މައިދާނުގައި، އިސްލާމީ ޝަރީއާގެ ކަންތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރަންޖެހޭނެ ކަމަށް ވެސް އިމާމް ވިދާޅުވި އެވެ.
"ފުރިހަމަ މުއުމިނުންނަކީ، އިސްލާމް ދީނުގެ ދައުވަތު އެހެން މީހުންނަށް ފޯރުކޮށްދިނުމުގައި ވެސް، އަދި އަނެކުންނަށް އިސްލާމް ދީނަށް ދައުވަތު ދިނުމުގައި ވެސް، މަޑުމައިތިރިކަމާއި ރިވެތި ބަސްމަގުން މުއާމަލާތު ކުރާ ބައެއް. މާތް ﷲގެ ރަހްމަތަކީ ނިމުމެއް ނެތި ތަނަވަސްވެގެންވާ އެއްޗެއް. އަހަރެމެން ގަދައަޅައި މަސައްކަތް ކުރަންވީ އެކަލާނގެ ރަހްމަތާއި ފުއްސެވުން ލިބޭތޯ،" އިމާމް ވިދާޅުވި އެވެ.
މިއަދުގެ ހައްޖު ހުތުބާގައި އިމާމް ޝައިހް ބަންދަރް، އެންމެހައި މުސްލިމުންނަށް ގޮވައިލެއްވީ، އެންމެހައި ހަރުކަށި އަމަލުތަކުންނާއި ދީނީ ހައްދުފަހަނައެޅުންތަކުން އިސްލާމީ މުޖްތަމައު ސަލާމަތް ކުރުމަށެވެ. ދީނީ ހަރުކަށި އަމަލުތަކާއި ހައްދުފަހަނައަޅައި ދިޔުމުން އެއްކިބާވެގެން ނޫނީ، ސުލްހަވެރި މުޖްތަމައެއް ބިނާ ނުކުރެވޭނެ ކަމަށް ވެސް އިމާމް ވިދާޅުވި އެވެ.
މި އަހަރު ދެ މިލިއަން މީހުން ހައްޖު ވާނެ
އާންމުންނާ އެކު ދިވެހި ސަފީރުގެ ތަފާތު ހައްޖު ދަތުރު!
"މިއަށް ވުރެ އުފާވެރި ދުވަހެއް ނާންނާނެ"
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ހައްޖުގެ ސަލާމަތީ ކަންކަމުގައި އަލަށް އަންހެން ސިފައިން