Roadha Mihaaru
ޖަޕާނުގައި މުސްލިމުންނަށް ހާއްސަ ފެޝަން ޝޯއެއް

ޖަޕާނުގައި ފުރަތަމަ ފަހަރަށް މުސްލިމުންނަށް ހާއްސަ ފެޝަން ޝޯއެއް

27 ނޮވެމްބަރ 2016

ނަސްލީ އަދި ދީނީ ފާޑު ކިޔުންތައް ގިނަވެފައި، މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް އާންމުވެފައިވާ ޒަމާނެއްގައި އެފަދަ މުސްލިމުންނަށް އަމާޒުކޮށްގެން ފެޝަން ޝޯއެއް ބޭއްވުމަކީ ކުޑަ ކަމެއް ނޫނެވެ. ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި މި މަހުގެ 22-23 އަށް ކުރިއަށް ގެންދިޔަ ހަލާލް އެކްސްޕޯގައި ވަނީ މުސްލިމުންނަށް ހާއްސަ ފެޝަން ޝޯއެއް ފުރަތަމަ ފަހަރަށް ބާއްވައިފަ އެވެ. ފެޝަން ޝޯގައި 10 ބްރޭންޑެއްގެ މަސައްކަތް ހުށަހަޅާދިނެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ނަސްލީ އަދި ދީނީ ފާޑު ކިޔުންތައް ގިނަވެފައި، މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް އާންމުވެފައިވާ ޒަމާނެއްގައި އެފަދަ މުސްލިމުންނަށް އަމާޒުކޮށްގެން ފެޝަން ޝޯއެއް ބޭއްވުމަކީ ކުޑަ ކަމެއް ނޫނެވެ. ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި މި މަހުގެ 22-23 އަށް ކުރިއަށް ގެންދިޔަ ހަލާލް އެކްސްޕޯގައި ވަނީ މުސްލިމުންނަށް ހާއްސަ ފެޝަން ޝޯއެއް ފުރަތަމަ ފަހަރަށް ބާއްވައިފަ އެވެ. ފެޝަން ޝޯގައި 10 ބްރޭންޑެއްގެ މަސައްކަތް ހުށަހަޅާދިނެވެ.

"ޓޯކްޔޯ މޮޑެސްޓް ފެޝަން ޝޯ" ގައި ގިނައިން ދައްކާލާފައި ވަނީ ސިންގަޕޫރުގެ ބްރޭންޑްތަކެވެ. އޭގެ ތެރެއިން މީމް ކްލޯތިންސް ކިޔާ ބްރޭންޑެއްގެ މަސައްކަތް ގިނަ ބައެއްގެ ސަމާލުކަން ހޯދި އެވެ. މީމް ކްލޯތިންސްގެ ޑިޒައިނާ ނޫރް ހާނިސްގެ ކަލެކްޝަނަކީ ޖަޕާނުގެ ސަގާފަތާ ގުޅުވާލައިގެން ތައްޔާރުކޮށްފައިވާ މުސްލިމުންނަށް ހާއްސަ ޑިޒައިންތަކެކެވެ.

ނޫރް ހާނިސް ބުނިގޮތުގައި އޭނާގެ ބްރޭންޑުގެ އަމާޒަކީ ވަރަށް ސާދާ، ނިވާކަން ބޮޑު ހެދުންތަކެއް ފަރުމާކުރުމެވެ. އޭނާ ޓޯކްޔޯގެ މޮޑެސްޓް ފެޝަން ޝޯއަށް "ސުމިނަގާށީ"ގެ ނަމުން ކަލެކްޝަނެއް ހުށަހެޅި އެވެ. އެއީ ޖަޕާނުގެ ސަގާފީ އަތްތެރި މަސައްކަތެކެވެ. ދެލި ކުލައިން އެކި ވައްތަރުގެ "މާބްލިން އާޓް" ކުރެހުމެވެ. ޖަޕާނުގެ "ސުމިނަގާށީ" އިން ހިޔާލު ހޯދައިގެން ތައްޔާރުކުރި ކަލެކްޝަނަށް ގިނަ ބައެއްގެ ތައުރީފު ލިބުނުކަމަށްވެ އެވެ.

ޖަޕާނުގެ ހަލާލް އެކްސްޕޯގައި ބޭއްވި މުސްލިމުންނަށް ހާއްސަ ފެޝަން ޝޯ

ޖަޕާނުގެ ހަލާލް އެކްސްޕޯގައި ބޭއްވި މުސްލިމުންނަށް ހާއްސަ ފެޝަން ޝޯ

ޓޯކްޔޯގައި ބޭއްވި މި ފެޝަން ޝޯގައި އެކި ވައްތަރުގެ ޑިޒައިންތައް ފެނިގެންދިޔަ އެވެ. އޭގެ ތެރެއިން ކައިވެނީގެ ރަސްމިއްޔާތަށް ހާއްސަ ހުދު ގައުން އާއި ހިޖާބް، މާޖެހި ލޭސް އަދި ޕްރިންޓު ކޮށްފައިވާ ދިގު ހެދުން ވެސް ދައްކާލި އެވެ.