14 ފެބުރުއަރީ 2017
ބުރުގާ ވިއްކަން ފަށާ، އިނގިރޭސިވިލާތުގެ އެންމެ ފުރަތަމަ ޑިޕާޓްމެންޓް ސްޓޯރު ކަމަށް ވުމަށް "ޑެބެންހޭމްސް" ތައްޔާރުވެއްޖެ އެވެ.
ބުރުގާ ވިއްކަން ފަށާ، އިނގިރޭސިވިލާތުގެ އެންމެ ފުރަތަމަ ޑިޕާޓްމެންޓް ސްޓޯރު ކަމަށް ވުމަށް "ޑެބެންހޭމްސް" ތައްޔާރުވެއްޖެ އެވެ.
ޑެބެންހޭމްސް އަކީ މަލްޓިނެޝަނަލް ޑިޕާޓްމެންޓް ސްޓޯރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެބެންހޭމްސްގެ ފިހާރަތައް އެބަހުއްޓެވެ. ޑެބެންހޭމްސްއިން ތައާރަފުކުރާ މުސްލިމުންނަށް ހާއްސަ ކަލެކްޝަންގައި ބުރުގާގެ އިތުރުން ބުރުގާ ކެޕް، ބުރުގާ ދަތި، އެކި ވައްތަރުގެ ހެދުމާއި ޓޮޕް ވެސް ހުންނާނެ ކަމަށް އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓްގައި ބުނެފައިވެ އެވެ.
މިއަހަރުގެ މޭ މަހު ނުކުންނަ މި ކަލެކްޝަންގައި މުސްލިމް ހެދުން ބްރޭންޑް "އާބް"ގެ ޑިޒައިންތަކެއް ވެސް ހުންނާނެ އެވެ. ލަންޑަނާއި ބާމިންހަމްގެ އިތުރުން އިނގިރޭސި ވިލާތުގެ އެކި ސިޓީތަކާއި ޑުބާއީ އާއި ސައޫދީ އަރަބިއްޔާ އާއި މެލޭޝިއާ އަދި އިންޑޮނީޝިއާގެ ޑެބެންހޭމްސް ފިހާރަތަކުން ވެސް މި ތަކެތި ލިބެން ހުންނާނެ އެވެ.
މުސްލިމުންނަށް ދީނީ އަދި ސިޔާސީ އެކި ގޮންޖެހުންތައް އިތުރުވެފައިވާ ދުވަސްވަރެއްގައި މިފަދަ ކަލެކްޝަނެއް ޑެބެންހޭމްސް ފަދަ ބޮޑު ފިހާރައެއްގައި ވިއްކަން ފެށުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު މިއީ ވަރަށް ހިތްވަރުގަދަ އަދި ބުއްދިވެރި ކަމެއް ގޮތުގައި ފާހަގަކުރާ މީހުން ވަރަށް ގިނަ އެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރީޓެއިލް ފިހާރަތަކުގެ ތެރޭގައި ހިމެނޭ ޑެބެންހޭމްސްގެ ފިހާރައެއް
ފަހަކަށްއައިސް ރީޓެއިލް ބޮޑެތި ފިހާރަތަކުން މުސްލިމުންނަށް ހާއްސަ ހެދުން ވިއްކުން ވަނީ އިތުރުވެފަ އެވެ. މާކްސް އެންޑް ސްޕެންސާއިން ބުރްކީނީ ވިއްކި އެވެ. އަދި ޑިޒައިނާ ބްރޭންޑް ޑޮލްޗޭ އެންޑް ގައްބާނާއިން ހާއްސަ އަބާޔާ ކަލެކްޝަނެއް ވެސް ނެރުނެވެ. އެކަމަކު، މިއީ ކުންފުނިތަކުން ވިޔަފާރި ފުޅާކުރަން ކުރާ ކަމެއްތޯ ނުވަތަ ނަސްލީ ތަފާތުކުރުންތައް މަދުކުރުމުގެ ނިޔަތުގައި ކުރާ ކަމެއްތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ.
ހަލީމާ އަލުން މޮޑެލިން އަށް
ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުސްލިމެއްގެ ފެޝަން ޝޯއެއް
ޖަޕާނުގައި މުސްލިމުންނަށް ހާއްސަ ފެޝަން ޝޯއެއް
ކަވަގާލްގެ ބުރުގާ އެޅި ފުރަތަމަ އެމްބެސެޑަރު
"ސޫޓީ ކަލެކްޝަން" އާއެކު ބުރުގާ ސްޓައިލް!
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާ މައްސަލައަށް އެމެރިކާ ވަނުމަށް އިންޑިއާ ނުރުހޭ