Roadha Mihaaru
ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި

އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި

09 ޖުލައި 2021

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ބަލައިގަނެ، އިނގިރޭސިވިލާތުން ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ބަލައިގަނެ، އިނގިރޭސިވިލާތުން ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

އިނގިރޭސިވިލާތުން ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން މި އަހަރު ރާއްޖޭގެ އިތުރުން އުނިކޮށްފައިވަނީ ބުރުންޑީ އެވެ. އަދި އެ ލިސްޓަށް އިތުރުކޮށްފައި ވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުން ގައުމުތަކާ އެކު ވިޔަފާރި އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ރިއާޔަތްކުރާ ކަމަށެވެ. އަދި މި އަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބު ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި ސަރުކާރުން އިންސާނީ ހައްގުތަކުގެ ދާއިރާ އިން ހޯދާފައިވާ ކުރިއެރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހަގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނާ މިޝޭލް ބެޝެލޭ ފާހަގަކުރައްވަ އެވެ.