Roadha Mihaaru
ރޭގަނޑު 11:30 ވަންދެން ކެފޭތައް ހުޅުވޭނެ

ރޭގަނޑު 11:30 ވަންދެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވޭނެ

07 ޖުލައި 2021

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މާދަމާ އިން ފެށިގެން އުވައިލުމާއެކު، ކެފޭ/ރެސްޓޯރަންޓު ހުޅުވައިގެން ހިދުމަތް ދެވޭ ގަޑި އިތުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މާދަމާ އިން ފެށިގެން އުވައިލުމާއެކު، ކެފޭ/ރެސްޓޯރަންޓު ހުޅުވައިގެން ހިދުމަތް ދެވޭ ގަޑި އިތުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މިހާރު ވަނީ މާދަމާއިން ފެށިގެން ރެސްޓޯރެންޓުތަކާއި ކެފޭތައް ރޭގަނޑު 11:30 ވަންދެން ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ. އަދި ޑެލިވަރީގެ ހިދުމަތް މިހާރެކޭ އެއްގޮތަށް 24 ގަޑިއިރު ދެވޭނެ އެވެ. ނަމަވެސް ރޭގަނޑު ގަޑީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ އެވެ.

ކެފޭ/ރެސްޓޯރަންޓުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ދިނުން ރޭގަނޑު 11:30 އާ ހަމައަަށް ހުޅުވައިލި ނަމަވެސް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އަދި އިއުލާނެއް ނުކުރެ އެވެ.

މާދަމާއިން ފެށިގެން ދޭ ލުޔާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާއެކު ސިނަމާތައް ވެސް ހުޅުވުމުގެ ހުއްދަ ދޭނެ އެވެ.