Roadha Mihaaru
އެއާ ފްރާންސުން ރާއްޖެ-ލަންކާ ދަތުރުތައް ފަށަނީ

އެއާ ފްރާންސުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރު ފަށަނީ

05 ޖުލައި 2021

އެއާ ފްރާންސުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުތައް ފަށަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެއާ ފްރާންސުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލަނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މިއީ ފާއިތުވި 35 އަހަރު ތެރޭގައި އެ އެއާލައިނުން ލަންކާ އަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. މި ދަތުރުތައް ލަންކާ އަށް ކުރާނީ އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ކަނެކްޝަން މަންޒިލެއްގެ ގޮތުގަ އެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުން ކުރާނީ ބޮއިން 787-9 މަރުކާގެ ބޯޓުތަކެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލަންކާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ނުވަ މަހަށް ފަހު އެ ގައުމުގެ ބޯޑަރު ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުން މިދިޔަ މެއި މަހުގެ ނިޔަލަށް އަނެއްކާވެސް ބޯޑަރު ބަންދު ކުރި އެވެ.

ލަންކާއަށް ދަތުރު ކުރާ މީހުން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް ގެންދަން ޖެހޭނެ އެވެ. އަދި އެ ގައުމަށް ދިއުމަށް ފަހު ވެސް ޕީސީއާރު ޓެސްޓު ހައްދަން ޖެހޭނެ އެވެ.

މި ދަތުރުތަކާ އެކު އެއާ ފްރާންސުން ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުތައް ވެސް އިތުރުވާނެ އެވެ. އެ އެއާލައިނުން ރާއްޖެ އަށް އަލުން ދަތުރު ފެށީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.