03 ޖުލައި 2021
ބަކޫ (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖޫން 12 ގައި ހިނގީ ކޮން ހާދިސާއެއްކަން އެންމެންނަށް އެނގެ އެވެ. ފިންލެންޑާާ ދެކޮޅަށް ކުޅެމުން ދަނިކޮށް، މެޗުގެ 42 ވަނަ މިނެޓްގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަނަށް ހާޓް އެޓޭކެއް ޖެހި ދަނޑު މައްޗަށް ވެއްޓުނެވެ. ވަގުތުން މެޗު ސަސްޕޕެންޑްކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ހޮސްޕިޓަލުން ދޫކޮށްލައި މިހާރު ގޭގައި ހުރި ނަމަވެސް އިންޓަ މިލާނުގެ މިޑްފީލްޑަރަށް، ފުޓްބޯޅަ ކިޓް އަޅައިގެން އަލުން ދަނޑަށް ނުކުމެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
ބަކޫ (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖޫން 12 ގައި ހިނގީ ކޮން ހާދިސާއެއްކަން އެންމެންނަށް އެނގެ އެވެ. ފިންލެންޑާާ ދެކޮޅަށް ކުޅެމުން ދަނިކޮށް، މެޗުގެ 42 ވަނަ މިނެޓްގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަނަށް ހާޓް އެޓޭކެއް ޖެހި ދަނޑު މައްޗަށް ވެއްޓުނެވެ. ވަގުތުން މެޗު ސަސްޕޕެންޑްކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ހޮސްޕިޓަލުން ދޫކޮށްލައި މިހާރު ގޭގައި ހުރި ނަމަވެސް އިންޓަ މިލާނުގެ މިޑްފީލްޑަރަށް، ފުޓްބޯޅަ ކިޓް އަޅައިގެން އަލުން ދަނޑަށް ނުކުމެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
އެރިކްސަންގެ ހާދިސާއާ އެކު ޑެންމާކު މުބާރާތް ފެށީ ބޮޑު ކްރައިސިސްއެއްގެ ތެރެއިންނެވެ. ފުޓުބޯޅައިގެ ބޮޑު މުބާރާތެއްގައި އެންމެ ހައިރާން ކުރުވަނިވި އެއް ހާދިސާ ކަމަށް އެކަން ވެގެންދިޔަ އެވެ. ޑެންމާކަށް ލިބުނު ޝޮކުން އެ ޓީމު ވެއްޓުނީ އާދަޔާ ހިލާފް އުނދަގޫ ހާލަތަކަށެވެ. ނަމަވެސް އެ ހާލަތުން އަރައި ގަނެ މިހާރު އެ ޓީމު އޮތީ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓްގަ އެވެ.
މި އުނދަގޫ ހާލަތުން އެ ޓީމު ނަގައި ކޮޅަށް ޖެހުމުގައި، ކޯޗު ކެސްޕާ ހިއުލްމަންޑް އަދާ ކުރި ޒިންމާ އާއި އޭނާގެ ލީޑާޝިޕް ރޯލް މުހިންމު ބައެއް ކުޅުނެވެ. އެރިކްސަންގެ ހާދިސާ އިން، އިމޯޝަނަލް ގިނަ އަސަރުތަކެއް ހިއުލްމަންޑަށް ކުރި އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިންވެސް އޭނާ އަކީ އެރިކްސަން އާ ގާތް ގުޅުމެއް ބޭއްވި މީހެކެވެ. ޓީމު އެ ހާލަތުން ނެގުމަކީ ކޮންމެ ކޮންމެ ކޯޗަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ހާލަތުގެ ތެރެއިން ކުރިއަށް ދިޔައިރު އޭނާއަށް ދެއްކެން ހުރި ބަހަނާތައް ހުއްޓެވެ. އެރިކްސަން އަށް ކުއްލިއަކަށް ދިމާވި ހާދިސާއިން ޓީމަށް ކުރި އަސަރުގެ ވާހަކަ އޭނާ ދައްކައިފިނަމަ އެ ވާހަކަ އަކީ އެންމެންނަށް ގަބޫލު ކުރެވޭނެ މަގުބޫލް ސަބަބަކަށް ވާނެ އެވެ.
ކޮވިޑްގެ ބަލިމަޑުކަން ފާޅުވެ، ދުނިޔެ ވަށައިނުލި ނަމަ ޔޫރޯގައި ޑެންމާކަށް ކޯޗް ކޮށްދޭކަށް ހިއުލްމަންޑަށް ފުރުސަތެއް ނުލިބުނީ ހެވެ. މިދިޔަ އަހަރު ބާއްވަން އޮތް ޔޫރޯގައި ޑެންމާކަށް ކޯޗުކޮށްދޭނީ އޭރުގެ ކޯޗު އާގެ ހާރައިޑެވެ. ޑެންމާކުގެ އެފްއޭ އިން ހާރައިޑެއާ އެކު އެއްބަސްވުން ހަދާފައި ވަނީ ޖުލައި 2020 ގެ ނިޔަލަށެވެ. އޭގެ ފަހުން ހިއުލްމަންޑްއާ ކޯޗުކަން ހަވާލު ކުރާ ގޮތަށެވެ. ކޮވިޑުގެ ޕެންޑެމިކްގެ ސަބަބުން ޔޫރޯ ފަސް ކުރަން ޖެހުނީ އެވެ. ކަނޑައެޅިފައިވާ ގޮތަށް ހާރައިޑެ ކޮންޓްރެކްޓް ފުރިހަމަކޮށް ޓީމުން ވަކިވީ އެވެ. އަދި ހިއުލްމަންޑަށް ގައުމީ ޓީމުގެ ކޯޗުގެ ޒިންމާތައް ހަވާލުވީ އެވެ.
އޭނާގެ ފުރަތަމަ ބޮޑު މުބާރާތުގައި ވެސް ޑެންމާކު ކުރިމަތިލާން ޖެހުނު އުނދަގޫ ހާލަތަކީ، މީގެ ކުރިން އެ ޓީމުގައި މަސައްކަތްކުރި އެއްވެސް ކޯޗަކު އުފުލަން ނުޖެހުނު ވަރުގެ އުނދަގޫ ހާލަތެކެވެ. އެރިކްސަންގެ ހާދިސާއިން އަރައިގަތުމަށް ހިއުލްމަންޑް ގެންގުޅުނު ވިސްނުމުގެ ސަބަބުން އޭނާ އަށް ކުޅުންތެރިންގެ ލޯބި ލިބުނެވެ. ކުޅުންތެރިންނާ އެންމެ ގާތް އެކުވެރިޔަކަށް އޭނާ ވި އެވެ.
ޑެންމާކުގެ ކޯޗް ހިއުލްމަންޑް އާއި ފޯވަޑް ޖޯނަސް ވިންޑް ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އޭއެފްޕީ
"މިހާލަތުން ޑެންމާކު އަރައިގަތް ގޮތުން ކުޅުންތެރިންނަށް ވަރަށް ބޮޑު ތައުރީފެއް އެބަ ލިބޭ. އަދި އެއީ ހައްގު ތައުރީފެއް،" ޑެންމާކުގެ ކީޕަރު ކެޝްޕާ ޝްމައިކަލް ބުންޏެވެ. "ނަމަވެސް އެ ކަމުގައި އަހަރެމެން ހަނދާން ނައްތާލަން ނުޖެހޭނެ އެކަކު އެބަހުރި. އެއީ ކެސްޕާ ހިއުލްމަންޑް."
ގައުމީ ޓީމުގެ ކޯޗް ކަމާ ހަވާލުވުމުގެ ކުރިންވެސް އަދި ފަހުންވެސް ޑެންމާކު ފުޓްބޯޅަ ސަޕޯޓަރުން ހިއުލްމަންޑްއާ މެދު ދެކެނީ ފުޓްބޯޅައިގައި މާބޮޑު ބޭނުމެއް ނުހިފޭ މީހެއްގެ ގޮތުގަ އެވެ. އުމުރުން 26 އަހަރުގައި އޭނާ އަށް ޖެހުނީ ފުޓްބޯޅަ ކުޅުން ހުއްޓާލާށެވެ. އޭގެ ކުރިން ނުވަ ފަހަރު މަތިން ކަކުލުގެ އޮޕަރޭޝަން އޭނާއަށް ކުރަން ޖެހުނެވެ. ކުޅުން ފަހުން ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށި އެވެ. ޖަރުމަންގެ މައިންޒްގެ ކޯޗުކަމާ 2014 ގައި ހަވާލުވެ އެކަން އޭނާ ބޭނުންވި ގޮތަކަށް ކުރިއަކަށް ނުދިޔަ އެވެ. ތޯމަސް ޓުޗެލްގެ ބަދަލުގައި މައިންްޒްއާ ހަވާލުވެ އޭނާ އަށް މަގާމުގައި ހުރެވުނީ ހަތް މަސް ވަންދެނެވެ.
ނަމަވެސް ޑެންމާކުގެ ގައުމީ ޓީމުގައި ކުޅުންތެރިނާ އެންމެ ރަށްޓެހި އެއް ކޯޗަކަށް އޭނާ ވެއްޖެ އެވެ. ހާއްސަކޮށް އެރިކްސަންގެ ހާދިސާ އަށް ފަހު އޭނާ އާ މެދު ކުޅުންތެރިންނާއި ޑެންމާކުގެ ސަޕޯޓަރުން ދެކޭ ގޮތް ވެސް ބަދަލު ވެއްޖެ އެވެ.
"ކެޝްޕާ [ހިއުލްމަންޑް] އެކަންކަން ގެންދިޔަ ގޮތަކީ އާދަޔާ ހިލާފް ގޮތެއް. އެކި ކުޅުންތެރިންނަށް ނަފުސާނީ ގޮތުން އެކި ވަރަށް އަސަރު ކުރި. އެ ހާލަތު މެދުވެރިވި ނަމަވެސް އަހަރެމެން މުބާރާތުގައި ފުޓުބޯޅަ ކުޅެން ދެމިހުންނަން ޖެހޭނެކަން އޭނާ ވިސްނައިދިން،" ޑެންމާކުގެ ޑިފެންޑަރު ސިމޯން ކިއޭ ބީޓް ސްޕޯޓްސްއަށް ބުންޏެވެ.
"ހަމައެޔާ އެކު އޭނާއަށް ކުރިމަތިވި ހާލަތާމެދު ވެސް އޭނާ ޑީލްކުރަން ޖެހުނު. އޭނާ އަކީ ތަފާތު ކޯޗެއް. މި ޓީމުގެ ލީޑަރު. އަހަރެން ވަރަށް ފަހުރުވެރިވަން އަހަރެންގެ ކޯޗަކަށް އޭނާ ހުރީތީ."
ހިއުލްމަންޑް އާއީ ޓީމުގެ އޮފިޝަލުން އުފާފާޅު ކުރަނީ --- ފޮޓޯ: ރޮއިޓަސް
އެރިކްސަންއާ އެކު އޮތް ބޮންޑުގެ ސަބަބުން، ހިއުލްމަންޑަށް ކުރި އިމޯޝަނަލް އަސަރުތަކުން އޭނާ އަރައިގަތީ ކުރީގެ ތަޖުރިބާއެއްގެ ތެރެއިންނެވެ. ޑެންމާކުގެ އެފްސީ ނޯޝްލެންޑްގެ އެސިސްޓެންޓް ކޯޗަކަށް ހިއުލްމަންޑް ހުރިިއރު، 2008 ގައި ޕްރެކްޓިސް މެޗެއްގެ ތެރެއިން ޓީމުގެ މިޑްފީލްޑަރުގެ ގަޔަށް ހޮނުއެޅި އެވެ. އަދި ހާޓް އެޓޭކެއް ކުރިމަތިވި އެވެ. އެ މިޑްފީލްޑަރު ދެ ހަފުތާ ވަންދެން ކޯމާގައި ބާއްވަން ޖެހުނެވެ. ފަރުވާ މުޅިން ރަނގަޅުވާން ޖެހުނީ ވާތުފައި ބުރިކޮށްލައިގެންނެވެ.
ޔޫރޯ 1992 ގެ ޗެމްޕިއަން ޑެންމާކުން ހޯދި ފަހުން ކުއާޓާ ފައިނަލަށް ވުރެ ދުރަކަށް އެ ޓީމަށް ދެވިފައެއް ނުވެ އެވެ. މިރޭ ޗެކްރިޕަބްލިކްއާ ދެކޮޅަށް ނުކުންނަ މެޗަކީ އެ ޓާގެޓަށް ވާސިލުވާން ޑެންމާކަށް އޮތް މަރުހަލާ އެވެ. ޔޫރޯ 1992 ގެ ޗެމްޕިއަންކަން އާދަޔާ ހިލަފު ގޮތަކަށް ހޯދި ޑެންމާކަށް އަލުން އެ ކާމިޔާބު ތަކުރާރު ކުރުމުގެ ފަހަރަކަށް ވެސް މިފަހަރުގެ މުބރާތް ވެގެން ހިނގައިދާނެ އެވެ. މިރޭ ގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ނުވައެއް ޖަހާއިރު އެވެ.
ހާޓްއެޓޭކަށް ތިން އަހަރު، އެރިކްސަން އައީ ވަރުގަދަކޮށް
ހާޓް އެޓޭކަށްފަހު އެނބުރިއައިސް އެރިކްސަން ގޯލްޖަހައިފި
ހާޓް އެޓޭކަށް ނުވަމަސް ފަހުން އެރިކްސަން ގައުމީ ޓީމަށް
ޖިސްމާނީ އުނދަގުލެއް ނެތް، ވޯލްޑްކަޕް ކުޅެން ބޭނުން
ހޮސްޕިޓަލުން ދޫކޮށްލުމުން އެރިކްސަން ޓީމުގެ ކޭމްޕަށް
އެރިކްސަންގެ ނިވަލަކަށްވީ ފިންލެންޑުގެ ދިދަ
މެދުކަނޑާލި ޑެންމާކް މެޗު ނިމުނު ހިސާބުން ފަށަނީ
އެރިކްސަން ހޭނެތިގެން ވެއްޓުމުން މެޗު ހުއްޓާލައިފި
މުސިއާލާގެ ހިތްގައިމު ލަނޑަކާއެކު ޖަރުމަން ކުއާޓާއަށް
މެޗަކުން ބަލި ނުވެ ގުރޫޕްގެ އެއްވަނަ އިނގިރޭސީންނަށް