03 ޖުލައި 2021
މިދިޔަ ހަފުތާގެ ތެރޭގައި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަން އިން ކާތިކް އާރިޔަންއާ އެކު އިއުލާންކުރި ފިލްމު "ސަތިއާނާރަޔަން ކީ ކާތާ" ގެ ބަތަލުގެ ރޯލަށް ގެންނާނީ ސާރާ އަލީ ޚާން ނުވަތަ ޝްރަދާ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަން އިން ކާތިކް އާރިޔަންއާ އެކު އިއުލާންކުރި ފިލްމު "ސަތިއާނާރަޔަން ކީ ކާތާ" ގެ ބަތަލުގެ ރޯލަށް ގެންނާނީ ސާރާ އަލީ ޚާން ނުވަތަ ޝްރަދާ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސްގެ ވަރަށް ތަފާތު ގޮތަކަށް ގެނެސްދޭން ހަމަޖެހިފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
މީޑިއާތަކުން ބުނީ "ސަތިއާނާރަޔަން ކީ ކާތާ" ގެ ބަތަލާގެ ރޯލަށް ސާރާ އާއި ޝްރަދާ އިން ދެ މީހުން ކުރެން އެކަކު ގެންނަން މަސައްކަތްކުރާ އިރު، ފިލްމުން ފުރުސަތު ދޭނީ ސަމީރުގެ ޓީމުން ފިލްމުގެ ޝޫޓިން ތާވަލުކުރާ ދުވަސްވަރަށް ވަގުތު ދެވޭނެ ބަތަލާއަކަށް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސާރާ އަންނަ މަހުގެ ތެރޭގައި ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ މަސައްކަތް ފަށާނެ އެވެ. ވިކީ ކޯޝަލް ބަތަލުގެ ރޯލު ކުޅޭ އެ ފިލްމަކީ ބޮޑު ބައެއް އިންޑިއާ އިން ބޭރުގައި ވެސް ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ސާރާ ކުރިން ވެސް ކާތިކާ އެކު މަސައްކަތްކޮށްފައިވާތީ، "ސަތިއާނާރަޔަން ކީ ކާތާ" ގެ ފުރުސަތު ބޮޑީ ޝްދަރާ އަށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ސަބަބަކީ ކުރިން އެކީގައި ނުފެންނަ ޖޯޑެއް ސްކްރީނަށް ގެނައުމެވެ.
ސާރާ އާއި ކާތިކް އެކީގައި ކުޅުނު ފިލްމަކީ މިދިޔަ އަހަރު އިމްތިއާޒް އަލީ ގެނެސްދިން "ލަވް އާޖް ކަލް" އެވެ.
ޝްރަދާގެ އަތުގައި ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާ އެކު ކުޅޭ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމަކާއި ނިކިލް ދިވެދީ ޕްރޮޑިއުސްކޮށް، ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ "ނާގިން" ޓްރިލޮޖީ" އަދި ޕަންކަޖް ޕަރްޝާރުގެ "ޗަލްބާޒް އިން ލަންޑަން" ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ
ކައިވެންޏަށް ފަހު ވިކީ ކުޅުނު ފުރަތަމަ ފިލްމު ނިމިއްޖެ
ރަންވީރުގެ "ސިމްބާ" ގެ ދެވަނަ ބައެއް
ވިކީ ބޭނުމީ "އަތުރަންގީ ރޭ" ޑައިރެކްޓަރުގެ ފިލްމެއް
ސާރާ ނަމޫނާއަކަށް ބަލަނީ އާލިއާ ބަޓަށް
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ