ފިލްމީ ދާއިރާ އަށް ނުކުތްތާ 21 އަހަރުވުމާ ގުޅިގެން އެކަން ފާހަގަކޮށް، އަދި ކުރިއަށް އޮތް 21 އަހަރަށް ވެސް ތައްޔާރަށް ހުރި ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
02 ޖުލައި 2021
ފިލްމީ ދާއިރާ އަށް ނުކުތްތާ 21 އަހަރުވުމާ ގުޅިގެން އެކަން ފާހަގަކޮށް، އަދި ކުރިއަށް އޮތް 21 އަހަރަށް ވެސް ތައްޔާރަށް ހުރި ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
އޭނާގެ އަލަތު ފިލްމަކީ 2000 ވަނަ އަހަރު އަބީޝެކް ބައްޗަންއާ އެކު ކުޅުނު، ޑައިރެކްޓަރު ޖޭޕީ ދައްތާގެ "ރެފިއުޖީ" އެވެ. އެ ފިލްމު ރިލީޒްކުރީ ޖޫން 30، 2000 ގަ އެވެ. ފިލްމަށް 21 އަހަރު ފުރުން ކަރީނާ ފާހަގަކުރީ އިންސްޓަގްރާމްގައި އާންމުކުރި ވީިޑިއޯ ޕޯސްޓަކާ އެކީގަ އެވެ.
އޭގައި، 40 އަހަރުގެ ބަތަލާ ބުނީ އުފަލާއި ހިތްވަރު ލިބޭ ކަމަށާއި އެހެންވެ އަދިވެސް ހުރީ ފިލްމީ ދާއިރާގައި ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.
"ރެފިއުޖީ" އަށް ފަހު ކަރީނާ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އަދި އޭނާގެ ވިދުން އެންމެ ގަދަކުރީ ކަރަން ޖޯހަރް 2001 ގައި ގެނެސްދިން "ކަބީ ޚުޝީ ކަބީ ޣަމް" ގައި ކުޅުނު ސްޓައިލިޝް ކެރެކްޓާ ޕޫއިންނެވެ.
އެކްޓަރު ސައިފް އަލީ ޚާނާ 2012 ގައި ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ސަޕޯޓިން ރޯލަކުން ފެނުނު "އަނގްރޭޒީ މީޑިއަމް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.
ބަތަލާ ކަރިޝްމާ ކަޕޫރްގެ ކޮއްކޮގެ ފާއިތުވި 21 އަހަރުގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އެއިތުރާޒް"، "އަޖްނަބީ"، "3 އިޑިޓްސް"، "ޗަމޭލީ"، "ހިރޮއިން"، "ޖަބް ވީ މެޓް"، "ކީ އެންޑް ކާ"، "އުޅުތާ ޕަންޖާބް"، "ވީރޭ ދީ ވެޑިން" އަދި "ގުޑް ނިއުސް" ހިމެނެ އެވެ.
ބަތަލާއިންގެ ފީ ކުޑަވާންޖެހޭ ސަބަބެއް ނެތް: ކަރީނާ
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ކަރީނާ އަލަށް ފިލްމެއް ޕްރޮޑިއުސްކޮށް، ކުޅެނީ
ބޮލީވުޑްގައި މަޝްހޫރު ދެބެއިންގެ ޓީމުތައް
"ސީތާ" ކުޅެން ކަރީނާގެ އަގަކީ 12 ކްރޯޑް ރުޕީސް
ކަރިޝްމާ ނުކުޅެ ދޫކޮށްލި ފާހަގަކޮށްލެވޭ ފިލްމުތަކެއް
ބަބީތާ: ކަރިޝްމާ އާއި ކަރީނާގެ މަންމަ
ވިހެއުމަށް ފަހު ކަރީނާ ކަސްރަތަށް
ވިހެއުމަށް ފަހު ކަރީނާ އަލުން މަސައްކަތަށް
ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް