13 މާޗް 2021
ދެވަނަ ދަރިފުޅު ވިހޭތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުމެއްޖެ އެވެ.
ދެވަނަ ދަރިފުޅު ވިހޭތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުމެއްޖެ އެވެ.
ޝޫޓިންއަކަށް ތައްޔާރުވުމުގެ ގޮތުން އިސްތަށިގަނޑުގައި ކުލަ ޖައްސައި، އިސްތަށިގަނޑަށް ބަދަލުތަކެއް ގެންނަ ވާހަކަ ބުދަ ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރުމަށް ފަހު، ކަރީނާ ވަނީ އޭނާ މިހާރު ހުރި ސްޓައިލް ދައްކާލައިފަ އެވެ.
މިދިޔަ މަހުގެ 21 ގައި ވިހެއުމަށް ފަހު ކަރީނާ އަލުން މަސައްކަތަށް ނުކުތަސް އޭނާ ފުރަތަމަ މަސައްކަތްކުރާނީ ޓީވީ އިޝްތިހާރު ފަދަ އުފެއްދުންތަކުގަ އެވެ. ބަލިވެއިން އިރު ވެސް ގިނަ އިޝްތިހާރުތަކެއް އޭނާ ކުޅެފައިވެ އެވެ. އަދި ހޯސްޓްކުރަމުން ދިޔަ ޓޯކް ޝޯ "ވަޓް ވިމެން ވޯންޓް" ގެ މަސައްކަތް ވެސް އަލުން ކުރިއަށް ގެންދާނެ އެވެ. އެކަމަކު ފިލްމުތަކުގެ މަސައްކަތް އަލުން ފަށާނީ ކުރީގެ ބައްޓަމަށް ހަށިގަނޑު ގެންނަން ހާއްސަ ވޯކްއައުޓް ސެޝަންތަކެއް ހެދުމަށް ފަހުގަ އެވެ.
އަލަތު ދަރިފުޅު ތައިމޫރު 2016 ގައި ވިހެއުމަށް ފަހު ވެސް ކަރީނާ ފިލްމު ކުޅެން ފެށީ ހަށިގަނޑު ވަރަށް ބޮޑަށް ބަދަލުކޮށްލުމަށް ފަހު އެވެ. އެފަހަރު ކުޅުނު ފުރަތަމަ ފިލްމަކީ "ވީރޭ ދީ ވެޑިން" އެވެ.
ކަރީނާ ރަސްމީކޮށް ސޮއިކޮށް އަދި ޝޫޓިން ނުފަށައި އޮތް ފިލްމަކީ ކަރަން ޖޯހަރްގެ "ތަޚުތު" އެވެ. އެއީ "ވާނުވާގައި" އޮތް ފިލްމެކެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިން އިރު ކަރީނާ ދިޔައީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްކުރަކުމުންނެވެ. އަދި ބަލިއިންތާ ކުރީކޮޅު އެ ފިލްމުގެ ޝޫޓިން އޭނާ ވަނީ ނިންމައިފަ އެވެ.
"ލާލް ސިންގް ޗައްޑާ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި އިރުފާން ޚާންގެ "އަނގްރޭޒީ މީޑިއަމް" އެވެ.
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ބަތަލާއިންގެ ފީ ކުޑަވާންޖެހޭ ސަބަބެއް ނެތް: ކަރީނާ
ކަރީނާ އަލަށް ފިލްމެއް ޕްރޮޑިއުސްކޮށް، ކުޅެނީ
މި ހުރީ އިތުރު 21 އަހަރަށް ފިލްމު ކުޅެން: ކަރީނާ
"ސީތާ" ކުޅެން ކަރީނާގެ އަގަކީ 12 ކްރޯޑް ރުޕީސް
ވިހެއުމަށް ފަހު ކަރީނާ ކަސްރަތަށް
ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސައިފް ފިލްމު ކުޅޭ އަގު ތިން ގުނަ ބޮޑުކޮށްފި
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް